ads
90 ގެ ތެރޭގައި އިންޑިއާގައި އެންމެ މަޝްހޫރުވި ލަވަކިޔުންތެރިޔާ
ހިންދީ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫގެ ޝޯއެއް ރާއްޖޭގައި ބާއްވަނީ
90ގެ އަހަރުގެ ތަކުގެ ތެރޭގައި އިންޑިއާގައި އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫގެ ޝޯއެއް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.
Advertisement

އޭނާ ރާއްޖޭގައި ދޭ ފުރަތަމަ ކޮންސެޓް އޮންނާނީ އަންނަމަހުގެ 4 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. ޖުނޫންގެ ނަމުން ނަން ދީފައިވާ މި ޝޯގައި ބައިވެރިވުމަށް ކުމާރު ސާނޫ އަންނަމަހުގެ 3 ވަނަ ދުވަހު ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިހާރު އުމުރުން 69 އަހަރުގެ ކުމާރު ސާނޫއަކީ 90ގެ އަހަރު ތަކާއި 2000 ކުރީ ކޮޅު ހިންދީ ސިނަމާތަކުގައި ރަސްކަން ކުރި ފިރިހެން ލަވަކިޔުންތެރިޔާއެވެ. އެތައް ފިލްމްކަށް ލަވަކީޔާދީފައިވާ ކުމާރު ސާނޫ ވަނީ ހިންދީ ސިނަމާތަކުގައި އެންމެ މަޝްހޫރު ތަރިންތަކަށް ލަވަ ކިޔާދީފައެވެ. 

މީގެއިތުރުން ހިންދީ ސިނަމާތަކުގައި އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިިންގެ ގޮތުގައި ފާހަގަކޮށްލެވޭ ލަތާ މަންގޭޝްކަރާއި އާޝާ ބޯސްލޭ އާއި އަލްކާ ޔަގްނިކާއި އަނޫރާދާ ޕައުޑަވަލް އާއި އެކު ކުމާރު ސާނޫ ވަނީ އެތައް ލަވައެއް ކިޔާފައެވެ. 

1990 ވަނަ އަހަރު ފިލްމު އާޝިގީ އިން ބޮލީވުޑަށް ތައާރަފުވި ކުމާރު ސާނޫ ވަނީ ޖެހިޖެހިގެން ފަސް އަހަރު ފިލްމުފެއާގެ އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑް އުފުލާލާފައެވެ. އެގޮތުން އޭނާ މި އެވޯޑް ހާސިލުކުރީ 1990 ގެ އާޝިގީ އާއި 1991 ގެ ސާޖަން އާއި 1992 ގެ ދީވާނާ އާއި 1993 ގެ ބާޒީގަރް އާއި 1994 ގެ 1942؛ އަ ލަވް ސްޓޯރީއަސް ކިޔާދީފައިވާ ލަވަތަކުން ނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް