ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކުޑޫ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް (ސީ.އެފް.ޕީއެސް) އިން ޝާއިއުކުރާ ކުޑަކުދިންނަށް ޖިންސީގޯނާކުރާ މިހުންގެ ދަފްތަރުގައި ހިމެނޭ، 20 މިހަކު ގޭބަންދުގައި މިވަގުތު ތިބިކަން ވަނީ ފާހަގަކުރެވިފައިކަމަށެވެ.
މިއީ ކުޑަކުދިންގެ ރައްކާތެރިކަމާއި ގުޅިފައިވާ، ރައްޔިތުން ގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމުން މިކަމުގެ ތަފްސީލު މައުލޫމާތު ރައްޔިތުންގެ މަޖިލީހުން ހޯދައި، އެޅެން ހުރި ފިޔަވަޅުތައް އަޅަން ޖެހޭނެކަމަށް ކުޑޫ ވިދާޅުވި އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނު ދަށުން ބަންދުގައި ހުންނަ މީހާގެ މައްޗަށް ކަފާލާތުގެ އުސޫލެއް ނުވަތަ ޕެރޯލްގެ އުސޫލެއްވެސް ނުހިނގާނެކަމަށް ބަޔާންކޮށްފައިވާކަން ކުޑޫ ފާހަގަކުރެއްވި އެވެ. އަދި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ޕެރޯލްގެ ފުރުސަތެއް ނުލިބޭނެކަން ބަޔާންކޮށްފައިވާކަމަށްވެސް ކުޑޫ ވިދާޅުވި އެވެ.
މި ޤާނޫނުތަކުގެ މަގްސަދަކީ މފަދަ ކުށްވެރިން ހުކުމް ފުރިހަމަވަންދެން ޖަލުގައި ބައިތިއްބައި، ކުޑަކުދިން މިފަދަ ކުށްވެރިންގެ ކިބައިން ރައްކާތެރިކުރުކަމަށްވާއިރު މިފަދަ މީހުން ހުކުމުގެ މުއްދަތުގައި ޖަލުން ގޭބަންދަށް ބަދަލުކުރެވިފައިވަނީ ކޮން ގޮތަކަށްތޯ ސާފުކުރުމަށް ބޭނުންވާކަމަށް ކުޑޫ ވަނީ ވިދާޅުވެފަ އެވެ.
ސާފުކުރަން ކުޑޫ އެދިވަޑައިގެންނެވި ކަންކަން
1. މި ލިސްޓުގައިވާ މިހުން ޖަލުން ގޭބަންދަށް ބަދަލުކޮށްފައިވަނި ކޮން ޤާނޫނެއްގެ ނުވަތަ ގަވާއިދެއްގެ ދަށުން، ކޮން
ފަރާތެއްގެ ނިންމުމަކުންތޯ؟
2. ގޭބަންދުގައި ތިބުމަށް މި މީހުންނަށް ކަނޑައަޅާފައިވާ ޝަރުތުތަކަކީ ކޮބައިތޯ، އަދި އެ ޝަރުތުތަކަށް އަމަލުކުރޭތޯ
ބަލަހައްޓަމުންދަނީ ކޮން ފަރާތަކުންތޯ؟
3. މި މިހުން ތިބި ގޭގެއާއި ރަށްރަށުގައި ކުޑަކުދިން ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ، އަދި މި
މިހުން ގޭބަންދަށް ބަދަލުކުރެވިފައިވާ ރަށް ރަށުގެ ކައުންސިލަށާއި އެކަމާއި ގުޅުންހުރި ބެލެނިވެރިންނަށް މިކަން
އަންގާ ފައިވޭތެ؟
4. މި މީހުންގެ ފައިގައި އިލެކްޓްރޯނިކް ޓެގް އަޅައިގެން، އެމީހުން ހުރިތަން ބަލަހައްޓާ ނިޒާމެއް އޮވޭތޯ" ނުވަތަ އެކަމަށް
ގެންގުޅޭ ސިޔާސަތަކީ ކޮބައިތޯ"
5. މިމީހުން އަނބުރާ ޖަލަށް ގެންދިޔުމަށް ކުރަނީ ކޮންކަމެއްތޯ؟