ads
ޔޫކްރޭނުން ރަޝިޔާގެ މިސައިލް ތެޔޮ އުފައްދާ ކާރުޚާނާއަކަށް ހަމަލާދީފި
ޔޫކްރޭނުން ރަޝިޔާގެ މިސައިލް ތެޔޮ އުފައްދާ ކާރުހާނާއަކަށް ހަމަލާދީފި
ޔޫކްރެއިންގެ ދުރު ރާސްތާ ޑްރޯންތަކެއް ބޭނުންކޮށްގެން ރަޝިޔާގެ މަޝްހޫރު ޕެޓްރޯކެމިކަލް ކޮމްޕްލެކްސްއަކަށް ނުރައްކާތެރި ހަމަލާތަކެއް ދީފި އެވެ.
Advertisement

މި ހަމަލާ އަމާޒުކޮށްފައިވަނީ ރަޝިޔާގެ "ނިޒްނެކާމްސްކްނެފްތެކިމް" ޕެޓްރޯކެމިކަލް ކާރުހާނާއަށެވެ. މި ހަމަލާގެ ސަބަބުން އެ ކާރުޚާނާގައި ބޮޑެތި އަލިފާނުގެ ހާދިސާތަކެއް ހިންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔޫކްރެއިންގެ ދިފާއީ އޮފިޝަލުން މަޢުލޫމާތު ދެއްވާ ގޮތުގައި، ހަމަލާދެވުނު ސަނާއީ ވަސީލަތަކީ ރަޝިޔާގެ އިސްކަންދަރު ބެލިސްޓިކް މިސައިލްތަކުގައި ބޭނުންކުރާ ސޮލިޑް ރޮކެޓް ފިއުލް ނުވަތަ ހަރު ރޮކެޓް ތެޔޮ އުފެއްދުމަށް އިންތިހާއަށް މުހިންމު މާއްދާތައް ތައްޔާރުކުރާ ތަނެކެވެ. އެގޮތުން، އެ ކާރުޚާނާއަކީ ސިންތެޓިކް ރަބަރާއި، މިސައިލް ތެޔޮ އުފެއްދުމަށް ބޭނުންވާ ހާއްސަ ކެމިކަލް ބައިންޑިންގ އެޖެންޓްތައް އުފެއްދުމުގެ މުހިންމު ކާރުހާނާއެކެވެ.

މި ހަމަލާއަކީ ރަޝިޔާގެ އަސްކަރީ އުފެއްދުންތެރިކަމާއި، ޚާއްޞަކޮށް ޔޫކްރެއިނަށް ހަމަލާދިނުމަށް ބޭނުންކުރާ އިސްކަންދަރު މިސައިލްތައް އުފެއްދުމުގެ ގާބިލުކަން ކުޑަކުރުމުގެ މަޤްޞަދުގައި ދެވުނު ހަމަލާއެއްކަމަށް ބެލެވެ އެވެ. ދުރު ރާސްތާ ޑްރޯން ބޭނުންކޮށްގެން ރަޝިޔާގެ އެތެރޭގެ ސިނާއީ ސަރަޙައްދުތަކަށް ދެމުންދާ ހަމަލާތައް ޔޫކްރެއިނުން މިހާރު ވަނީ އިތުރުކޮށްފަ އެވެ.

ނިޒްނެކާމްސްކްނެފްތެކިމް ކޮމްޕްލެކްސްގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުންދާއިރު، މި ހަމަލާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްޞީލު އަދި މުޅިން ސާފެއް ނުވެ އެވެ. ނަމަވެސް، މި ހަމަލާގެ ސަބަބުން ރަޝިޔާގެ މިސައިލް އުފެއްދުމުގެ ސިލްސިލާއަށް ބޮޑު ލޮޅުމެއް އަރާނެ ކަމަށް ޔޫކްރެއިންގެ ދިފާއީ އިދާރާތަކުން ލަފާކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް