ޕެންޝަން ބޯޑުގެ ބައެއް މެންބަރުންގެ ހިތްހަމަނުޖެހުންތަކެއް ހުރުމުން މިދިޔަ 23 ސެޕްޓެމްބަރު އިން ފެށިގެން އޭނާ ހުރީ ސަސްޕެންޑުކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަކިކުރީ ޕެންޝަން އޮފީހުގެ ޗެއާޕާސަން އަބްދުލްމަޖީދު އަލީއާ ގުޅުންހުރި މައްސަލައެއްގައި ހުރި ކަންބޮޑުވުންތައް، އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމާބެހޭ ރެގިއުލޭޓަރީ އިދާރާގެ ސަމާލުކަމަށް ގެނައުމުންނެވެ.
އޭގެ އިތުރުން އޭނާ ވަކިކުރި ސަބަބުތަކުގެ ތެރޭގައި ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުން ހިމެނެ އެވެ.
ޝިއުނާ ވަނީ ޔުނިވަސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒް (ސޯއަސް) އިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން މާސްޓާސް ޑިގްރީ އަދި ލަންޑަން މެޓްރޮޕޮލިޓަން ޔުނިވަސިޓީން ހިސްޓްރީގެ ދާއިރާއިން ބެޗްލާ އޮފް އާޓްސް ހާސިލުކުރައްވާފަ އެވެ.