ads
އެސްޓީއޯ ރަމަޒާން ބާޒާރު ފެށުމުގެ ތެރެއިން - ފޮޓޯ: އެސްޓިއޯ
އެސްޓީއޯ ރަމަޒާން ބާޒާރު 2027 ޕްރޮމޯޝަން ފަށައިފި
ރޯދަ މަހަށް ޚާއްޞަކޮށް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށް ގެންދާ "އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަނެއް ފަށައިފި އެވެ.
Advertisement

މި ޕްރޮމޯޝަން ރަސްމީކޮށް އިފުތިތާހުކުރީ މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. ހަފުލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސަސްގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ 10 މާރިޗު 2027 ގެ ނިޔަލަށެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި މި އަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރު ކުރިއަށްދާނީ މިއަދުން ފެށިގެން 10 މާޗް 2027 ގެ ނިޔަލަށެވެ.

އެސްޓީއޯއިން ބުނީ ރަމަޒާން ބާޒާރު ޕްރޮމޯޝަންގައި ވަކި ޕްރޮޑަކްޓުތަކަކުން 50 އިންސައްތައާ ހަމައަށް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށެވެ. ޕްރޮމޯޝަނުގައި ކޮންމެ ދެ ހަފުތާއަކުން، 500 ރުފިޔާ އިން މައްޗަށް ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ދެ ފަރާތަކަށް 2,500 ރުފިޔާގެ ގިފްޓް ވައުޗަރެއް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން 5,000 ރުފިޔާ އިން މައްޗަށް ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ހަދިޔާ ގުޅިއަކުން ހަދިޔާއެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި 100،000ރ ގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފަ އެވެ. އެސްޓީއޯ އިން ބުނީ ޕްރޮމޯޝަން ނިމުމާއެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށްގެން ލަކީޑްރޯގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ނަސީބުވެރި 1 ފަރާތަކަށް މި 100،000ރ ގެ ފައިސާގެ އިނާމު ލިބިގެންދާނެ ކަމަށެވެ.

your imageއެސްޓީއޯ ރަމަޒާން ބާޒާރު ފެށުމުގެ ތެރެއިން.

އެސްޓީއޯ ރަމަޒާން ބާޒާރަކީ ކޮންމެ އަހަރަކުވެސް ރޯދަމަހާއި ގުޅިގެން އާއްމުންގެ ގެތަކަށް ބޭނުންވާ ހިފާ ގެންގުޅޭ ސާމާނު ހެޔޮއަގެއްގައި ފޯރުކޮށް ދިނުމުގެ މަގްސަދުގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަނަށް ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދެއެވެ. މި ޕްރޮމޯޝަން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ، ހުޅުމާލެ އަދި ރީޖަނަލް އައުޓްލެޓްތަކުގައި ކުރިއަށްދާނެ ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް