ads
ދާއިމީ ބަލިތައް ޖެހެން މެދުވެރިވާ އަސްލު ސަބަބު ސައިންސްވެރިން ހޯދައިފި
ދާއިމީ ބަލިތައް ޖެހެން މެދުވެރިވާ އަސްލު ސަބަބު ސައިންސްވެރިން ހޯދައިފި
އިންސާނާގެ ހަށިގަނޑުގައި އުފެދޭ ދާއިމީ ބަލިތައް ކަމަށްވާ ޓައިޕް 2 ދިޔާބިޓީސް އާއި އާތުރައިޓިސް ފަދަ ބަލިތައް ޖެހެން މެދުވެރިވާ އަސްލު ސަބަބު ސައިންސްވެރިން ހޯދައިފިއެވެ. މި މުހިންމު ހޯދުން ހޯދާފައިވަނީ ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ރިވަރސައިޑް (ޔޫސީ ރިވަރސައިޑް) ރިސާޗަރުންނެވެ.
Advertisement

ސައިންސްވެރިންގެ މި ދިރާސާއިން އެނގުނު ގޮތުގައި، ދާއިމީ ބަލިތައް އުފެދެން މެދުވެރިވާ އަސްލު ސަބަބަކީ އިންސާނާގެ ސެލްތަކުގެ އެތެރޭގައިވާ މައިޓޯކޮންޑްރިއަލް ޑީއެންއޭ އަށް ލިބޭ ގެއްލުންތަކެވެ. ސެލްތަކުގެ އެތެރޭގައިވާ މައިޓޯކޮންޑްރިއަލް ޑީއެންއޭ އަށް ގެއްލުންވުމުން، ހަށިގަނޑުގެ ތެރޭގައި ދާއިމީގޮތެއްގައި އިންފްލެމޭޝަން (ދުުޅަވުން) އުފެދެން ފަށައެވެ.

މިގޮތަށް އުފެދޭ ދާއިމީ އިންފްލެމޭޝަންގެ ސަބަބުން، ދިގު މުއްދަތަކަށް ދެމިގެންދާ އެކި ބަލިތައް އުފެދުމަށް މަގުފަހިވެއެވެ. ޚާއްޞަކޮށް ޓައިޕް 2 ދިޔާބިޓީސް އާއި އާތުރައިޓިސް ފަދަ ދާއިމީ ބަލިތައް ޖެހެން މެދުވެރިވަނީ ސެލްތަކުގެ ތެރޭގައި އުފެދޭ މި ދުޅަވުމުގެ ސަބަބުން ކަން ސައިންސްވެރިންގެ ހޯދުންތަކުން ވަނީ ސާބިތުވެފައެވެ.

ޔޫސީ ރިވަރސައިޑްގެ ރިސާޗަރުން ހާމަކުރެއްވި ގޮތުގައި، މައިޓޯކޮންޑްރިއަލް ޑީއެންއޭ އަށް ލިބޭ ގެއްލުމާއި ދާއިމީ އިންފްލެމޭޝަނާ ހުރި ގުޅުން ދެނެގަނެވުމަކީ، މިފަދަ ބަލިތަކުގެ އަސްލު ސަބަބަށް އަމާޒުކޮށްގެން ފަރުވާ ހޯދުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މި ހޯދުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ދާއިމީ ބަލިތަކުން ރައްކާތެރިވުމަށާއި ފަރުވާ ކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެ ކަމަށް ސައިންސްވެރިން ގަބޫލުކުރެއެވެ.

75%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް