ads
އެކައުންޓުން ފައިސާ ނުކެނޑި ޓްރާންސްފަރ ކުރެވޭ ބަގެއް ފެނިއްޖެ
ބޭންކިން ނިޒާމަށް ނުރައްކަލެއް: އެކައުންޓުން ފައިސާ ނުކެނޑި ޓްރާންސްފަރ ކުރެވޭ ބަގެއް ފެނިއްޖެ
ބޭންކިން ނިޒާމަށް ސީރިއަސް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ނުރައްކާތެރި ސައިބަރ ހަމަލާއެއް ސައިބަރ ސެކިއުރިޓީ މާހިރުން ވަނީ ހޯދާފައެވެ. "ކްރެޑިޓް ވިތައުޓް ޑެބިޓް" ގެ ނަމުން ނަންދީފައިވާ މި އެކްސްޕްލޮއިޓްގެ ސަބަބުން، އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރުމުގެ ނިޒާމަށް ބަދަލުތައް ގެނެސް، ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ހެކަރުންނަށް ލިބިގެންދެއެވެ.
Advertisement

މި މައްސަލައިގެ ތަފްސީލު ހާމަކުރަމުން މާހިރުން ބުނެފައިވަނީ، މިއީ އޮންލައިން ލެޖަރ ޓްރާންސްފަރތައް މެނިޕިއުލޭޓް ކޮށްގެން ހިންގާ ސޮފިސްޓިކޭޓެޑް ހަމަލާއެއް ކަމަށެވެ. މި ހަމަލާގައި، ފައިސާ ފޮނުވާ އެކައުންޓުގެ ބެލެންސްއިން އެއްވެސް މިންވަރެއް މަދުވުމެއް ނެތި، ފައިސާ ލިބޭ އެކައުންޓަށް ފައިސާ ކްރެޑިޓްވާ ގޮތް ހެކަރުންނަށް ހެދެއެވެ.

މިފަދަ ހަމަލާތައް ދިނުމަށް ހެކަރުން ބޭނުންކުރަނީ ކޯ ބޭންކިން ސޮފްޓްވެއަރތަކުގައި ހުންނަ "އޭސިންކްރޯނަސް ވެލިޑޭޝަން" ބަގުތަކެވެ. މި ބަގުތަކުގެ ބޭނުންހިފައިގެން، ސިސްޓަމުގައި މުއާމަލާތްތައް ވެރިފައިކުރުމުގައި ހުންނަ އުނިކަންކަމުގެ ފައިދާނގައި، އެކައުންޓުން ފައިސާ ނުކެނޑި އެހެން އެކައުންޓަކަށް ފައިސާ އިތުރުވާގޮތް ހެކަރުން މެނިޕިއުލޭޓް ކުރެއެވެ.

މި ނުރައްކާތެރި އެކްސްޕްލޮއިޓް ފެނުމާ ގުޅިގެން، ކޯ ބޭންކިން ސޮފްޓްވެއަރތަކުގެ ރައްކާތެރިކަން އިތުރުކުރުމާއި، މިފަދަ ސެކިއުރިޓީ މައްސަލަތައް އަވަސް މުއްދަތެއްގެ ތެރޭގައި ހައްލުކުރުމުގެ މުހިންމުކަން ސައިބަރ ސެކިއުރިޓީ މާހިރުން ވަނީ ފާހަގަކުރައްވާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް