ads
ފުލުހުން އަތުލާފައިވާ މަސްތުވާތަކެތި
މިދިޔަ 3 އަހަރު ތެރޭ 1.4 ބިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންފި
މި ސަރުކާރުގެ ފުރަތަމަ 3 އަހަރު ތެރޭ 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެ ފިއެވެ.
Advertisement

އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން،  މި ތިން އަހަރު ތެރޭގައި، އަތުލައިގެން ޑްރަގްސްގެ ބަރުދަން 1،327. ކިލޯއަށް އަރައެވެ.  

މި މުއްދަތުގެ ތެރޭގައި ޑްރަގާއި ގުޅުންހުރި 508 އޮޕަރޭޝަންތައް ހިންގާފައިވާކަމަށްވެސް ހޯމް މިނިސްޓްރީން ބުނެ އެވެ. އެ ގޮތުން މަސްތުވާތަކެއްޗާ ގުޅުންހުރުމުގެ ސަބަބުން 11 ތަނެއް ބަންދުކޮށްފައިވާ ކަމަށް ހޯމް މިނިސްްޓްރީން ބުނެ އެވެ. 

މީގެއިތުރުން މަސްތުވާތަކެއްޗާ ގުޅުންހުރި މާލީ ކުށްތަކާއި މަނީ ލޯންޑަރިންގެ 23 ތަހުގީގެއް ހިންގާފައިވާކަމަށްވެސް މިނިސްޓްރްރީގެ ހިސާބުތަކުން ދައްކައެވެ. ޑްރަގުގެ އިތުރުން މިދިޔަ ތޮން އަހަރު ދުވަހުގެ ތެރޭގައި 16،852 ބަނގުރާ ފުޅި އަތުލައިގެންފައިވާ ކަމަށް ވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް