ads
ވިވިއަން ވިލްސަން
ބިލިއަނަރު އިލޮން މަސްކުގެ ދަރިފުޅު ދަތިހާލުގައި ދިރުއުޅެނީ ކީއްވެބާ؟
ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ބިލިއަނަރު އީލޮން މަސްކްގެ ދަރިފުޅު ވިވިއަން ވިލްސަން، ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެމެރިކާގެ ލޮސް އެންޖެލިސްގައި ތިން ރޫމްމޭޓުންނާ އެކު އެއް ގެއެއް ހިއްސާކޮށްގެން ދިރިއުޅޭކަން ހާމަކޮށްފި އެވެ.
Advertisement

އޭނާ މިކަން ހާމަކޮށްފައިވަނީ ބައްޕަގެ ބޮޑު މުއްސަނދިކަމަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާކުރުމަށް ނިންމާފައިވާތީ އެވެ.

ބައްޕަގެ އަތުގައި އިންތިހާއަށް ފައިސާ ހުރި ނަމަވެސް، އޭނާގެ އަތުގައި ފައިސާ ނެތް ކަމަށް ވިވިއަން ބުންޏެވެ. އަދި އޭނާ އިހުތިޔާރު ކުރީ އަމިއްލަ އާމްދަނީއާއި ބަޖެޓުގެ ތެރެއިން ހަރަދުތައް ހަމަޖައްސައިގެން އާދައިގެ ދިރިއުޅުމެއް އުޅުމަށް ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

އީލޮން މަސްކަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނަށް ވުމާއެކު، ވިވިއަންގެ މި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. އާންމު ގޮތެއްގައި ބިލިއަނަރެއްގެ ދަރިއަކު އުޅޭނީ އަގުބޮޑު ގެތަކުގައި، އެއްވެސް ހިފެހެއްޓުމެއް ނެތި ފައިސާ ހަރަދުކޮށްގެން އަރާމު ދިރިއުޅުމެއްގައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް، ވިވިއަންގެ މި ނިންމުމުން ދައްކުވައިދެނީ އޭނާ ތަފާތު މަގެއް ހިޔާރުކޮށްފައިވާ ކަމެވެ.

your imageވިވިއަން ވިލްސަން އަދި ބިލިއަނަރު އީލޮން މަސްކް

ވިވިއަން ގަބޫލުކުރާ ގޮތުގައި އަމިއްލަ ނިންމުންތައް ނިންމައި، އަމިއްލަ މުސްތަގުބަލު ބިނާކުރުމަކީ އެންމެ މުހިންމު ކަންތަކެވެ. އޭނާއަށް މުހިންމީ ބިލިއަނަރެއްގެ ދަރިއެއްގެ ގޮތުގައި ލިބޭ މުއްސަނދި ދިރިއުޅުމަށް ވުރެ، އަމިއްލަ ދިރިއުޅުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު އަމިއްލަ އަތުގައި އޮތުމެވެ.

މުއްސަނދި އާއިލާއަކަށް އުފަންވުމަކީ މައިންބަފައިންގެ ފައިސާއަށް ބަރޯސާވާން ޖެހޭ ސަބަބެއްތޯ ސުވާލު އުފެދިފައިވާ އިރު، މާލީ މިނިވަންކަމަކީ ހަމައެކަނި އަތުގައި ހުންނަ ފައިސާގެ އަދަދު ނޫން ކަމާއި، އެއީ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ނިންމުންތައް ނިންމުމުގެ ގާބިލުކަން ހުރުންކަން އޭނާގެ މި ނިންމުމުން ހާމަވެއެވެ.

94%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް