އެންޑީއެމްއޭ އިން ބުނީ، އެ އޮތޯރިޓީގެ ނަމުގައި މިހާރު ދައުރުވަމުން އަންނަ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ. އަދި އޮތޯރިޓީގެ ފަރާތުން އާންމުންނަށް މައުލޫމާތާއި އިރުޝާދު ދެމުންގެންދާނީ އަބަދުވެސް ރަސްމީ މަންސަތަކުން ކަމަށް ވާތީ، މައުލޫމާތުގެ ސައްހަކަން ހުރިހާ ފަރާތްތަކުން ވެސް ކަށަވަރުކުރުމަށް އެންޑީއެމްއޭ އިން ވަނީ އެދިފަ އެވެ.
އެ އޮތޯރިޓީން ބުނީ ގުދުރަތީ ކާރިސާތައް ފަދަ އާންމު ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ހައްސާސް މައުލޫއުތަކުގައި، ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށާއި، ކަންކަމުގެ މައުލޫމާތު ފެތުރުމުގައި ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު އަމަލުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.