ads
ވިސާ އާއި މާސްޓަރކާޑު ކަސްޓަމަރުންގެ މައުލޫމާތު ލީކުވެއްޖެ
ސައިބާ ހަމަލާއެއް: ވިސާ އާއި މާސްޓަރކާޑު ކަސްޓަމަރުންގެ މައުލޫމާތު ލީކުވެއްޖެ
މާލީ ދާއިރާގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ވިސާ އަދި މާސްޓަރކާޑުގެ ކަސްޓަމަރުންގެ މައުލޫމާތުތަކެއް ލީކުވެއްޖެ އެވެ.
Advertisement

މި މަޢުލޫމާތުތައް ލީކުވާން ދިމާވީ މި ކުންފުނިތަކަށް ހިދުމަތް ފޯރުކޮށްދެމުންދާ ތާޑް-ޕާޓީ ވެންޑަރަކަށް އަމާޒުކޮށް ދެވުނު ސައިބަރ ހަމަލާއަކާ ގުޅިގެންނެވެ.

މި ސައިބާ ހަމަލާގައި ލީކުވެފައިވަނީ އެ ކުންފުނިތަކުގެ ކަސްޓަމަރުންގެ ނަމާއި، އެ ފަރާތްތަކުގެ އީމެއިލް އެޑްރެސްތަކެވެ. ލީކުވެފައިވާ މަޢުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ މާކެޓިންގއާ ގުޅޭ މައުލޫމާތުތަކެކެވެ.

ވަގަށް ނަގާފައިވާ މި މާކެޓިންގ މަޢުލޫމާތުތައް އޮންލައިންކޮށް އާންމުކޮށްފައިވާ ކަމަށް ބުނެ، މި ކަމުގެ ޒިންމާ ނަގާފައިވަނީ 'n0n' ނަމަކަށް ކިޔާ އިކްސްޓޯޝަން ގްރޫޕަކުންނެވެ. މި ގްރޫޕުން ވަނީ ވަގަށް ނަގާފައިވާ މާކެޓިންގ ޑޭޓާތައް އިންޓަރނެޓަށް ދޫކޮށްލާފައިވާ ކަމަށް ދަޢުވާކޮށްފަ އެވެ.

ވިސާ އަދި މާސްޓަރކާޑު ފަދަ މާލީ ދާއިރާގެ ބޮޑެތި ކުންފުނިތަކާ ގުޅުންހުރި ކަސްޓަމަރުންގެ ނަމާއި އީމެއިލް އެޑްރެސް ފަދަ މަޢުލޫމާތުތައް ތާޑް-ޕާޓީ ވެންޑަރެއް މެދުވެރިކޮށް ލީކުވުމާ ގުޅިގެން، ކަސްޓަމަރުންގެ ޑޭޓާ ރައްކާތެރިކުރުމާ މެދު ސުވާލުތައް ވަނީ އުފެދިފަ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް