ads
ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ސީލިންގ އިން ބައެއް ވެއްޓިފައި. ފޮޓޯ: ލާމު އެމްވީ
ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގެ ސީލިންގް ބައެއް ވެއްޓިއްޖެ
ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)ގެ ބައެއް ވެއްޓިއްޖެއެވެ.
Advertisement

އިއްޔެ ހިނގި މިހާދިސާ އާއި ގުޅިގެން ރާއްޖޭގެ ބައެއް މީޑިއާތަކުން، ގަމު ރީޖަނަލް ހޮސްޕިޓަލްގެ ސީލިންގް ފީވެގެން ވެއްޓުނު ކަމަށް ރިޕޯޓްކޮށްފައިވާތީވެ، އެކަން ދޮގޮ ކުރައްވާ އެ ހޮސްޕިޓަލްގެ ސީއީއޯ އަބްދުލް ހަންނާން އަބްދުއްރަހީމް ވިދާޅުވީ، އޭސީ ޕަމްޕުން ފެން ބޭނުން ބޭރު ނުކުރެވި، ޖިޕްސަން ބޯޑާ ދިމާލުން ފެން ލީކުވެ ، ފޯވެގެން ކަމަށެވެ. އަދި މިހާދިސާ ހިނގިއިރު އައިސީޔޫގައި އެއްވެސް މީހަކު ނެތް ކަމަށްވެސް ހަންނާނު ވިދާޅުވިއެވެ.

"މައްސަލަ ދިމާވި އޭސީ އަދި ސީލިންގު މަރާމާތުކުރުމުގެ މަސައްކަތް މި ވަނީ ފަށާފައި. މި ހާދިސާ ހިނގިއަސް ދެން ހުރި އައިސީޔޫ ސެލްތައް ބޭނުން ކުރެވޭނެ،" ހަންނާން ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ހަންނާނު ވިދާޅުވީ، އައިސީޔޫ އަކީ  ވަކި ފިނިމިނެއްގައި ބަހައްޓަން ޖެހޭތީ ބަލި މީހަކު ނެތަސް އޭސީ ޖައްސާ ކަމަށެވެ. އަދި އައިސީޔޫގައި މީހަކު ނެތް ނަމަ އެ ތަނަށް އެއްވެސް މީހަކު ނުވަންނާނެ ކަމަށެވެ. އެ ހާދިސާ ހިނގުމާ ހަމައަށް، އެ ތަން ބޭނުން ނުކުރާތާ ހަތަރު ދުވަސް ވެއްޖެ އެވެ. ފެން ލީކުވުމުގެ މައްސަލައެއް އުޅޭކަން ނޭނގުނީ ވެސް އެހެންވެ ކަމަށެވެ.

އޭސީއިން ފެން ލީކުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި، އަދި މިހާދިސާ އައިސީޔޫ އިން ދެމުން އަންނަ ހިދުމަތްތައް މިހާރުވެސް ދެމުން އަންނަކަން ހަންނާނު ފާހަގަ ކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް