ads
އެފްބީއައިގެ ކުށުގެ ރެކޯޑް ސިސްޓަމް ހެކްކޮށްފި
ބޮޑު ސައިބާ ހަމަލާއެއް: އެފްބީއައިގެ ކުށުގެ ރެކޯޑް ސިސްޓަމް ހެކްކޮށްފި
އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ މުހިންމު ޑޭޓާބޭސްއެއް ކަމަށްވާ ނޭޝަނަލް ކްރައިމް އިންފޮމޭޝަން ސެންޓަރ (އެންސީއައިސީ) އަށް ސައިބަރ ހަމަލާއެއްދީ، އެ ސިސްޓަމް ހެކްކޮށްފައިވާ މައްސަލައެއް އެ އިދާރާއިން ބަލަން ފަށައިފި އެވެ.
Advertisement

އެންސީއައިސީ ސިސްޓަމަކީ އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އެކި އިދާރާތަކުން ކުށުގެ ރެކޯޑްތައް ބެލުމަށާއި، ކުށުގެ ފަސްފަހަތް ބަލައި ފާސްކުރުމަށާއި، ކޯޓުތަކުން ނެރެފައިވާ އަމުރުތަކުގެ މައުލޫމާތު މުޅި ގައުމުގެ ފެންވަރުގައި ހިއްސާކުރުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް ނިޒާމެވެ. މި ސިސްޓަމަށް ދެވުނު ނުރައްކާތެރި ހަމަލާއާއެކު، އޭގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

މި ހާދިސާއަކީ ފާއިތުވި މަސްތަކުގެ ތެރޭގައި އެފްބީއައިގެ ސިސްޓަމްތަކަށް އަމާޒުކޮށް ދެވުނު މަތީ ފެންވަރުގެ ދެވަނަ ސައިބަރ ހަމަލާއެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެފްބީއައި ފަދަ ނުފޫޒުގަދަ އިދާރާއެއްގެ ސިސްޓަމްތަކަށް މިފަދަ ނުރައްކާތެރި ހަމަލާތަކެއް އަމާޒުވުމުން، އެމެރިކާގެ ސައިބަރ ސެކިއުރިޓީ ރައްކާތެރިކަމާ މެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފަ އެވެ.

މި ސައިބަރ ހަމަލާގެ ފަހަތުގައިވަނީ ކޮން ބައެއްކަން ހޯދުމަށާއި، ސިސްޓަމުން ސިއްރު މައުލޫމާތުތަކެއް ލީކުވެފައިވޭތޯ ބެލުމަށް އެފްބީއައިއިން ވަނީ ފުޅާ ދާއިރާއެއްގައި ތަހުގީގެއް ފަށާފައެވެ. ނަމަވެސް، މި ހަމަލާއާ ބެހޭ އިތުރު ތަފްސީލީ މައުލޫމާތުތަކެއް އެ އިދާރާއިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް