ads
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއިން ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ދިރާސާކުރުން. ފޮޓޯ: މަޖިލިސް
ރިއަލް އެސްޓޭޓް ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ ހިޔާލު ހޯދަން ނިންމައިފި
ރިއަލް އެސްޓޭޓް ގާނޫނެއް އެކުލަވައިލުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިފަދައިން ނިންމިއިރު، ގާނޫނު އަސާސީން ރައްކާތެރިކަން ލިބިފައިވާ ގައުމީ ތަސައްވުރަކާއި ގައުމީ ތަރައްގީގެ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ކުރުމަށާއި އަތޮޅު ވަސީލަތްތަކަށް ގޮތް ނިންމުމުގައި އަތޮޅު ރައްޔިތުންގެ މަޝްވަރާ އާއި ރުހުން  ހޯދުމަށް ލާޒިމް ކުރާގޮތަށް ކަނޑައަޅައި، އަތޮޅު ހިންގުމުގައި ރައްޔިތުންގެ ޝާމިލުވުން އިތުރު ކުރުމާއެކު އަތޮޅު ވަސީލަތް ބޭނުންކޮށްގެން ތަރައްގީކޮށް ހިންގުމުގެ ބާރު ދިނުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

"އެދޭ ރާއްޖޭ"ގެ ހުށަހެޅުން: 

  • ސަރުކާރުތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ގައުމީ ތަސައްވުރާއި ރާއްޖޭގެ ދިގުރާސްތާ ޕްލޭނާއެއްގޮތަށް ގައުމު ކުރިއެރުވުމަށް އެކަށައަޅަން ޖެހޭ ސިޔާސަތުތައް އެކަށައަޅައި، ސިޔާސަތުތަކާ އެއްގޮތަށް ހިންގާތޯ ކަށަވަރު ކުރުމާއި ދިގުރާސްތާގެ ތަރައްގީގެ ޕްލޭން ތަންފީޒު ކުރާކަން ކަވަރު ކުރުމާއެކު އެހީތެރިވެދީ، އެހެން ގައުމުތަކާ ވާދަކޮށް ކުރި ހޯދާ ގައުމަކަށް ރާއްޖެވުން
  • ނަތީޖާ:

ސަރުކާރުތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ދިގުރާސްތާގެ ޕްލޭނާއެއްގޮތަށް ގައުމު ކުރިއެރުވުމަށް އެކަށައަޅަން ޖެހޭ ސިޔާސަތުތައް އެކަށައަޅައި، ސިޔާސަތުތަކާއެއްގޮތަށް ހިންގާތޯ ޔަގީން ކުރުމާއި ދިގުރާސްތާގެ ތަރައްގީގެ ޕްލޭން ތަންފީޒުވާކަން ޔަގީން ކުރުމާއި، އެހެން ގައުމުތަކާ ވާދަކޮށް ކުރި ހޯދާ ގައުމަކަށް ރާއްޖެވުން

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މިގޮތަށް ހުށަހެޅުއްވީ ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ. ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ ތާއީދުކުރެއްވި މި ހުށަހެޅުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ ހިޔާލު ހޯދުމަށް އެންމެ ފުރަތަމަ ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރެވެ. ނަމަވެސް އެ ދުވަހު އެއްވެސް މެންބަރަކު އެ ހުށަހެޅުމަށް ތާއީދު ނުކުރެއްވުމުން ވޯޓަކަށް ނާހަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ، ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނީ މައިނޯރިޓީ އަށް ވެސް އިހުތިރާމްކޮށްގެން ކަމަށާއި އެހެންކަމުން މެންބަރު ސަމީރު ހުށަހެޅުއްވި ގޮތަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ ހިޔާލު ހޯދަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި މި ފުރުސަތުގައި ޕާޓީތަކާއި ޖަމިއްޔާތަކުން ލިޔުމުން ހިޔާލު ހުށަހެޅުމުގެ ބަދަލުގައި، އެދޭ ފަރާތްތަކަށް ކޮމިޓީއަށް ހާޒިރުވެ ހިޔާލު ފާޅުކުރުމުގެ ފުރުސަތު ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން، މިދިޔަ ބުރާސްފަތި ދުވަހު ކޮމިޓީން ނިންމާފައި އޮތީ ބިލާ ގުޅުން ހުރި މުއައްސަސާތަކުން ލިޔުމުން ހިޔާލު ހޯދުމަށެވެ. އެހެން ނަމަވެސް، އެ ނިންމުން މިއަދު ބަދަލުކޮށް، އެ މުއައްސަސާތައް ވެސް ކޮމިޓީއަށް ހާޒިރުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެ ދުވަހު ކޮމިޓީން ކަނޑައެޅި މުއައްސަސާތަކަކީ އިކޮނޮމިކް މިނިސްޓްރީ، ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނެވެ.

ރިއަލް އެސްޓޭޓް ބިލާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު 2 ގެ ނިޔަލަށް ހުޅުވާލަން ވެސް ކޮމިޓީން ކުރިން ވަނީ ނިންމައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް