ads
މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް ޗެމްޕއިންކަން ލިބުނު ފަރާތަކަށް އިނާމު ހަވާލުކުރަނީ - ފޮޓޯ/އުރީދޫ
އުރީދޫ ނޭޝަން އިންޓަ-އޮފީސް އީ-ޕޯޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
ރާއްޖޭގެ އެކި މުއައްސަސާތައް ތަމްސީލުކުރާ 26 ޓީމަކުން ޖުމްލަ 30،000 ރުފިޔާގެ ފައިސާގެ އިނާމަށް ވާދަކުރި އުރީދޫ ނޭޝަން އިންޓަ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2026، އުރީދޫ މޯލްޑިވްސްއިން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
Advertisement

މި މުބާރާތުގައި އެކި މުއައްސަސާތަކުން 26 ޓީމަކުން ވާދަކުރި އެވެ.

ޖުމްލަ 30،000ރ. އިނާމު ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މި މުބާރާތަކީ ވަޒީފާ އަދާކުރާ މީހުންނަށް އެ މީހުންގެ ގޭމިން ހުނަރު ދައްކާލުމަށާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫހު ވަރުގަދަކުރުމުގެ އިތުރުން ރާއްޖޭގައި ފުޅާވަމުން އަންނަ އީ-ސްޕޯޓްސް މުޖުތަމައުއާ ގުޅުން ބަދަހިކުރުމަށް ފަހިކޮށް ދިން މުބާރާތެކެވެ.

ފޯރިގަދަ މެޗުތަކަކަށްފަހު، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ކެޓަގަރީން އެއްވަނަ ހޯދައި ޗެމްޕިއަންކަން ކާމިޔާބުކުރީ ޔުނައިޓެޑް ބީއެމްއެލް އެވެ. މި ކެޓަގަރީން ދެވަނަ އެމްއޭސީއެލް ހޯދިއިރު، ތިންވަނަ ހޯދާފައިވަނީ އެޗްޑީސީ ލެޖެންޑްސް އެވެ.

your image

މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް ޗެމްޕއިންކަން ލިބުނު ފަރާތަކަށް އިނާމު ހަވާލުކުރަނީ --- ފޮޓޯ/އުރީދޫ


ޕަބްޖީ މޮބައިލް ކެޓަގަރީގެ ޗެމްޕިއަންކަން ކްލަބް އެޗްޑީސީން ހޯދިއިރު، ދެވަނަ ހޯދީ ކްލަބް އޭވީސެކްއެވެ. އަދި ތިންވަނަ ހޯދާފައިވަނީ އައިލެންޑް އޭވިއޭޝަން އައިއެފްއެސް އެވެ.

އީއޭ ސްޕޯޓްސް އެފްސީ މުބާރާތުގެ ޗެމްޕިއަންކަން ހިވިން އިންވެސްޓްމަންޓްސްގެ ހުސައިން ޔައިޝް ހޯދިއިރު، ދެވަނަ ހޯދީ ލޮނުހިރި ޕްރައިވެޓް ލިމިޓެޑްގެ ހަސަން ފައުޒާނެވެ. އަދި ތިންވަނަ ހޯދާފައިވަނީ ޕޮލްކޯގެ އަރްފާއު އެވެ.

ޕަބްޖީ މޮބައިލާއި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ކެޓަގަރީން ޗެމްޕިއަންކަން ހޯދި ކޮންމެ ޓީމަކަށް 5،000ރ. ދީފައިވާ އިރު، ދެވަނައަށް ދިޔަ ޓީމުތަކަށް 3،000ރ. އަދި ތިންވަނަ އަށް ދިޔަ ޓީމުތަކަށް 1،500ރ. ރުފިޔާ ދީފައިވެ އެވެ. މީގެ އިތުރުން، މިއިން ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު ކުޅުންތެރިޔާ (އެމްވީޕީ) ގެ އެވޯޑަށް 500ރ. ދީފައިވެ އެވެ.

އީއޭ ސްޕޯޓްސް އެފްސީ ކެޓަގަރީގެ ޗެމްޕިއަނަށް 5،000ރ. ދީފައިވާއިރު، ދެވަނަ އަދި ތިންވަނަ ހޯދި ފަރާތްތަކަށް ތަރުތީބުން 3،000ރ. އަދި 2،000ރ. ރުފިޔާ ދިނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް