ads
ރޭގަނޑު ފެނުން ހަލާކުކޮށްލާ ލޮލުގެ އާ ޖެނެޓިކް ބައްޔެއް ހޯދައިފި
ރޭގަނޑު ފެނުން ހަލާކުކޮށްލާ ލޮލުގެ އާ ޖެނެޓިކް ބައްޔެއް ހޯދައިފި
ރޭގަނޑުގެ ވަގުތުތަކުގައި ލޮލަށް ފެންނަ ފެނުމާއި އަރިމަތީ ފެނުން މަޑުމަޑުން ހަލާކުކޮށްލާ، ވަންހަނާވެފައިވާ އާ ލޮލުގެ ބައްޔެއް ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިއާގެ މެޑިކަލް ސައިންސްވެރިން ހޯދައިފިއެވެ.
Advertisement

މެޑިކަލް ސައިންސްވެރިން ހާމަކުރައްވާ ގޮތުގައި މި ބައްޔަކީ އެއްވެސް އިންޒާރެއް ނެތި، އަހަރުތަކެއްގެ ތެރޭގައި ސިއްރުސިއްރުން ލޮލުގެ ފެނުމަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ބައްޔެކެވެ. މި ބަލީގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި ތަކެތި ފެންނަ މިންވަރާއި، ލޮލުގެ އަރިމަތީ ފެނުން ނުވަތަ ޕެރިފެރަލް ވިޒަން މަޑުމަޑުން ހަލާކުވެގެން ދެއެވެ.

މި ބަލީގެ އެންމެ ހާއްސަ ކަމަކީ، ރޭގަނޑުގެ ފެނުމާއި އަރިމަތީ ފެނުން އަހަރުތަކެއްގެ ތެރޭގައި މުޅިން ހަލާކުވަމުންދާއިރު ވެސް، ދުވާލުގެ ވަގުތުތަކުގައި ސީދާ ކުރިމަތިން ފެންނަ ފެނުމަށް އެއްވެސް އަސަރެއް ނުކުރުމެވެ. ދުވާލުގެ ވަގުތުތަކުގައި ލޮލުގެ މެދު ފެނުން ނުވަތަ ސެންޓްރަލް ވިޒަން މުޅިން ސަލާމަތުން، އެއްވެސް ބަދަލެއް ނުއައިސް ހުންނާތީ، މި ބަލީގެ އަސަރު ކުރަމުންދާކަން އަމިއްލައަށް ދެނެގަތުމަށް ވަރަށް ބޮޑަށް ދަތިވެއެވެ.

ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިއާގެ މެޑިކަލް ސައިންސްވެރިން ކުރި މި ހޯދުމަކީ، ލޮލުގެ ފެނުމަށް ސިއްރުން ގެއްލުންދޭ، ވަންހަނާވެފައިވާ ވިރާސީ ބަލިތައް ދެނެގަތުމަށް ސައިންސްގެ މައިދާނުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް