ބިޕާޝާގެ އިންސްޓަގްރާމް ސްޓޯރީގައި އޭނާ ވަނީ ފިރިމީހާއަށް ހަދާދިން ބާގާ އާއި މެންގޯ މިލްކްޝޭކް ހިފައިގެން ފިރިމީހާ ކަރަން ސިންގް ގްރޯވާ އިން ފޮޓޯ އެއް އޭނާގެ ފޭނުންނާއި ހިއްސާ ކޮށްފަ އެވެ.
ކޮވިޑް-19 އާ އެކު އިންޑިއާ ލޮކްޑައުންގައި އޮތުމުން ގިނަ އަދަދެއްގެ ތަރިން ތަފާތު ގިނަ ކަންތައްތައް ގޭގައި ދަނީ ކުރަމުން ނެވެ.
ބިޕާޝާގެ ސްޓޯރީ ގައި އޭނާ ވަނީ އޭނާ ހަދާފައި ވަނީ ޝެފް ބޮނީގެ ޑެލީ ސަންޑޭ ސްޕެޝަލް ސޮއީބީން އަދި ސްވީޓް ޕޮޓޭޓޯ ބާގާ އަކާއި މެންގޯ މިލްކެޝޭކެއް ކަމަށް ބުނެފަ އެވެ. އަދި އޭނާ ވަނީ ފޮޓޯގައި "ހެޕީ ހަބީ" ވެސް ޖަހައި އޭނާގެ ތައްޔާރު ކުރި ކާނާ އާ މެދު ފިރިމިހާ ހިތްހަމަޖެހޭ ކަމަށް ވެސް ފާހަގަކޮށްފަ އެވެ.
ކަރަން ވެސް ވަނީ އޭނާގެ އަންހެނުން ތައްޔާރު ކުރި ބާގާ އާއި މިލްކްޝޭކްގެ ފޮޓޯ ޝެއާ ކޮށް އަންހެނުންގެ ކެއްކުމުގެ ހުނަރަށް ތައުރީފް ކޮށްފަ އެވެ. އަދި ބިޕާޝާ ކަހަލަ އަތްބެއް ލިބުން އެއީ އޭނާގެ ނަސީބު ކަމަށް ވެސް ބުނެފަ އެވެ.
ބިޕާޝާ އާއި ކަރަންގެ ކައިވެންޏަށް ވަނީ ދާދި ފަހުން ހަތަރު އަހަރު ފުރިފަ އެވެ.