މިއަދު ހެނދުނު 10:12 ގައި މި އީމެއިލް ލިބިފައިވަނީ 166 މީހުން މަރުވި 26/11 ޓެރަރިސްޓް ހަމަލާތަކުގެ 18 ވަނަ އަހަރީ ދުވަހާ ދިމާކޮށެވެ.
އެ އީމެއިލްގައި 26/11 ގެ ޓެރަރިސްޓް ހަމަލާތައް ފަދަ ހަމަލާތަކެއް އަލުން ދީފާނެ ކަމުގެ އިންޒާރު ދީފައިވެއެވެ. އަމީތާބް ބައްޗަންގެ ބަންގްލޯ "ޖަލްސާ" ގެ އިތުރުން، ހަމަލާދޭނެ ކަމަށް އީމެއިލްގައި ފާހަގަކޮށްފައިވާ އެހެން ތަންތަނުގެ ތެރޭގައި މުމްބާއީގެ މޭޔަރުގެ އޮފީހާއި އެ ސިޓީގެ ކޯޓެއް ވެސް ހިމެނެއެވެ.
މީގެ އިތުރުން، ގްރެނޭޑް ހިފައިގެން ތިބި ހާލިސްތާނީ ހަނގުރާމަވެރިން މުމްބާއީއަށް އެތެރެވެފައިވާ ކަމަށް އެ އީމެއިލްގައި ބުނެފައިވެއެވެ. އަދި ނޮވެމްބަރު 27 އިން ޑިސެމްބަރު 31 އާ ދެމެދު މަހާލަކްޝްމީ، ސައިންސް އަދި އާޗާރިޔާ މެޓްރޯ ސްޓޭޝަންތަކަށް އައިއީޑީ ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު ވެސް ދީފައިވެއެވެ.
އީމެއިލް ފޮނުވި ފަރާތުން ވަނީ ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސާންޖް ނޮވެމްބަރު 27 ވަނަ ދުވަހު މުމްބާއީގައި ބާއްވާ ކޮންސަޓަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. އެހެންކަމުން، އެ ޝޯ ކެންސަލް ކުރުމަށް އެ އީމެއިލްގައި ވަނީ ޑިމާންޑްކޮށްފައެވެ.
ދިލްޖީތު ދޮސާންޖްގެ އެ ކޮންސަޓް ކެންސަލް ނުކޮށް ކުރިއަށް ގެންގޮސްފިނަމަ، 30 ދުވަސް ވަންދެން މުމްބާއީގެ އެކި ސަރަހައްދުތަކަށް ގްރެނޭޑް ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ވެސް އެ އީމެއިލްގައި ވަނީ ދީފައެވެ.