ads
މ. މަޑުއްވަރިއަށް ވިއްސާރައިގައި ލިބިފައިވާ ގެއްލުންތައް---
ވިއްސާރާގައި މ. މަޑުއްވަރިއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މ. މަޑުއްވަރި އަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ
Advertisement

މަޑުއްވަރީ ކައުންސިލްގެ ރައީސް އިސްމާއިލް ނާފިއު "ސީއެންއެމް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ގަދަ ވަޔާއި އެކު އިއްޔަ ރަށަށް ބޯކޮށް ވާރޭ ވެހިފައިވާކަމަށެވެ. 

އެގޮތުން އެކިވަރުގެ ގެއްލުން ލިބިފައިވާކަން ފާހަގަކޮށް ވިދާޅުވީ ރަށުގައި ހުރި ދިރާގު އެންޓަނާއިން ބައެއް ބިންދައިގެން ގޮސް ދިރާގު ހިދުމަތަށް ބުރޫއަރާފައިވާކަމަށެވެ. އަދި މީގެ އިތުރުން ރަށުގައި އިންޓާނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އަމިއްލަ ފަރާތަކުން ޖަހާފައިވާ އެންޓެނާއެއް ވެއްޓިފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

your imageފޮޓޯ: ރަސްއޮންލައިން

މ. މަޑުއްވަރިއަށް އިއްޔެ ކުރި ވިއްސާރައިގައި މީހުން ދިރިއުޅޭ އެކި ގެތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު ބައެއް ގޭގޭ ގެ ފާރު ވެއްޓި ފުރާޅުންބައިތައް ވިއްސައިގެން ގޮސްފައިވާކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. 

މީގެ އިތުރުން ރައްޔިތުންނަށް ބޯފެން ފޯރުކޮށްދިނުމަށް ބޭނުންކުރާ 10000 ލީޓަރުގެ ހަމެއް ވެއްޓި ހަލާކުވެފައިވާކަމަށާއި، އަދި ރަށުގެ ވޮލީކޯޓާއި، ނެޓްބޯޅަ ކޯޓުގެ ފެންސް މައްޗަށް ގަހެއް ވެއްޓުމުގެ ސަބަބުން ފެންސްގެ 50 ފޫޓް ވެއްޓިފައިވާ ކަމަށްވެސް މަޑުއްވަރީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. 

your image

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އެކި ރަށްރަށަށް އަންނަނީ އެކިވަރުގެ ގެއްލުން ވަމުންނެވެ. އަދި އިއްޔަގެ ގިނަ ވަގުތުތަކެއްގައި ރާއްޖޭގެ ބޮޑުބަޔަކަށް އޮތީ ޔެލޯ އެލާޓްވެސް ނެރެފައެވެ. 

މެޓް އޮފީހުން ލަފާކޮށްފައިވާގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެއެވެ. އަދި ރާއްޖެއަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެން ވާކަމަށެވެ. 

ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް މެޓް އޮފީހުން މައުލޫމާތު ދީފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް