ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މަޓީގެ ލަފާ ބޮލާލައި ޖަހައިގެން އިގްތިސާދު ރަނގަޅު މިސްރާބަކަށް ނުގެންދެވޭނެ: ރައީސް ނަޝީދު
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ލަފާ ބޮލާލައި ޖަހައިގެން އިގްތިސާދު ރަނގަޅު މިސްރާބަކަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ޤައުމީ ސަލާމަތަށް އިތުރު ނުރައްކަލެއް އޮތްތޯ ބެލުމަށާއި ޓޫރިޒަމް ސިނާއަތަށް ކޮށްފާނެ އަސަރު ދެނެގަތުމަށް ސަލާމަތީ ހިދުމަތްތަބާހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅާފައެވެ. 

އެ ރިޕޯޓްގައި މަޓީއާއި ހަވާލާދީ ބުނެފައިވަނީ މި އަހަރު ނިމުމުގެ ކުރިން ކޮވިޑް19 ރޯގާއަށް ވެކްސިނެއް އުފެއްދިގެން އޭގެ ސަބަބުން ޓޫރިޒަމް އާންމު ހާލަތައް އަންނާނެކަމަށް ނުފެންނާތީއާއި އަދި ސޯސް މާކެޓްތަކުގައި މި ބަލީގެ ސަބަބުން އެ ޤައުމުތަކުގެ އިޤްތިސާދީ ހާލަތަށް އަންނަ ބަދަލުތަކަށް ބަލައި މި އަހަރުގެ ބާކީ މިއޮތް ދުވަސްތަކަށް ފަތުރުވެރިކަމުގެ ސިނާއަތުން އާމްދަނީއެއް ލިބޭނެކަމަށް އުއްމީދު ނުކުރެވޭކަމަށެވެ. 

އެވާހަކަތަކާއި ގުޅުގެން މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ރިސޯޓް ވިޔަފާރީގައި އުޅޭ ބޭފުޅުންނަކީ މި ތަނުގެ ވިޔަފާރީގެ ކަންކަން ވަރަށް ރަނގަޅަށް ދަންނަ ބޭފުޅުން ކަމަށެވެ. 

"އެ ބޭފުޅުން އެ ދައްކާ ވާހަކައާ އަޅާ ނުލައި އެ ބޭފުޅުން ދައްކާ ވާހަކަ ބޮލާލައި ޖަހައިފައި އަޅުގަނޑު ގައިމު ވެސް ލަފައެއް ނުކުރަން މި ރާއްޖޭގައި އިގްތިސާދު ރަނގަޅު މިސްރާބަކަށް ގެންދެވިދާނެ ކަމަކަށް ވެސް. އަދި ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރެވިދާނެ ކަމަކަށް ވެސް"

މީގެ އިތުރުން ގެސްޓްހައުސް އެސޯސިއޭޝަނާއި ހަވާލާދީ ސަލާމަތީ ހިދުމަތްތަބާހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ 1395 ކޮޓަރި ހިމެނޭ މާލެ - ހުޅުމާލެ ސަރަޙައްދުގެ ގެސްޓްހައުސްތަކުން މަހެއްގެ މައްޗަށް 1،925،100 ޑޮލަރުގެ ގެ ގެއްލުން ވާނެކަމަށް ލަފާކުރެވޭކަމަށާއި، އަދި 3222 ރޫމް ހިމެނޭ ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ ގެސްޓުހައުސްތަކަށް މަހެއްގެ މައްޗަށް 2،899،800 ޑޮލަރުގެ ގެއްލުން ވާނެކަމަށެވެ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް