ads
ސުޒެއިން: މިހާރުވަނީ ރާގު ބަދަލުވެފައި
ސުޒެއިން ކީހާ ޅެން ފަރިއްސަށް؟؟
ކުރިން ފާޅުގައި އެފްއޭއެމްއަށް ފާޑު ކިޔުމަށް ފަހު މަޝްހޫރު ކޯޗު އަލީ ސުޒެއިންގެ ރާގު ބަދަލުވެ، މިއީ އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީއާ ގުޅިގެން އެންމެން ކުރިއަށްދާންވީ ވަގުތު ކަމުގައި ބުނެފިއެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެންމެ ބޮޑަށް ފާޑު ކިޔަމުން އައި ސުޒެއިނަށް ދާދި ފަހުންވަނީ ގައުމީ ޓީމުން މަގާމެއް ދީފައެވެ.

އެފްއޭއެމުން ފޭސްބުކް މެދުވެރިކޮށް ކުރިއަށް ގެންދިޔަ، "ލެޓްސް ޓޯކް ފުޓްބޯލް" ފޭސްބުކް ލައިވްގައި ވާހަކަ ދައްކަމުން ސުޒެއިން ބުނީ، މިއީ އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީއާ ގުޅިގެން އެންމެން ކުރިއަށްދާންވީ ވަގުތު ކަމުގައި ދެކެންޖެހޭ ކަމަށެވެ.

މިއީ ފެއާޕްލޭއަށް ބޯޅަ ބޭރަށް ޖަހަންވީ ވަގުތޭ. ފުޓްބޯޅަ މިއޮތީ އިންޖަރީވެފައި. މިއީ އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީއާ ގުޅިގެން އެންމެން ކުރިއަށްދާންވީ ވަގުތު ކަމުގައި ދެކެންޖެހޭ

އެފްއޭއެމްގެ މަގާމެއް ސުޒެއިނަށް ދިނުމުގެ ކުރިން އޭނާއަކީ އެފްއޭއެމަށް އެންމެ ބޮޑަށް ފާޑު ކިޔަމުން އައި އެކަކެވެ. އެ ގޮތުން ދިވެހި ފުޓްބޯޅަ އޮތީ އައިސީޔޫގައި ކަމަށާއި، ދިވެހި ފުޓްބޯޅަށް ބޭނުންވަނީ އިޚްލާސްތެރިން ކަމަށްވެސް، މިހާރުގެ އެކްސޯއަށް ނިސްބަތްކޮށް ސުޒެއިން ބުނެފައިވެއެވެ.

މިހާރު ދިވެހި ފުޓްބޯޅަ ކުޅެން ސްޓޭޑިއަމެއް ނެތް. ދިވެހި ފުޓްބޯޅަ ކުޅޭނެ ލީގެއް ނެތް. ދިވެހި ފުޓްބޯޅަ ކުޅޭނެ ޝައުގުވެރިކަން ހުރި ކުޅުންތެރިންގެ ނެތް. ކްލަބްތަކުގެ ކޯޗުން އަމިއްލަ އަށް އިސްތިއުފާދީފައި ގެޔަށްދަނީ. ކޮބައިތޯ ދިވެހި ފުޓްބޯޅަ މި އޮތް ހިސާބަކީ. ބަދަލުގެންނަން ޖެހެނީ އެންމެންވެގެން

ރާއްޖޭގެ އެއް ނަންބަރު ކޯޗުންގެ ތެރޭގައި ހިމެނޭ ސުޒެއިން ގައުމީ ޓީމުގެ މަގާމާއި ހަވާލުވުމަށް ފަހު ބުނެފައިވަނީ އެފްއޭއެމް އާއި އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފާޑުކިޔުމަށް ފަހު، ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމާ ހަވާލުވުމަކީ ލަދުގަންނަންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް