ads
ފޮޓޯ؛ އަލްޖަޒީރާ
ބްރެޒިލްއިން 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު ފުރަތަމަ ފަހަރަށް 1000 އަށް
ބްރެޒިލްއިން ފުރަތަމަ ފަހަރަށް 1،000 އަށް ވުރެ ގިނަ މީހުން 24 ގަޑިއިރުގެ ތެރޭގައި މަރުވި ކަމަށް ރިޕޯޓު ކޮށްފި އެވެ.

ނިމިގެން މިދިޔަ އަންގާރަ ދުވަހު ރެކޯޑު އަދަދަކަށް ބްރެޒިލް އިން ކޮވިޑް-19 ވައިރަހުގެ ސަބަބުން މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އެގޮތުން، އަލްޖަޒީރާއިން ރިޕޯޓު ކުރާ ގޮތުގައި، 1،179 ކާއި ގާތް ކުރާ އަދަދަކަށް ފާއިތުވި 24 ގަޑިއިރު ތެރޭގައި އެގައުމުން ވަނީ ވައިރަހުގެ ސަބަބުން މީހުން މަރުވެފަ އެވެ. މިއީ އެ ގައުމުގައި އެއް ދުވަހުގެ ތެރޭގައި 1000 އަށް ވުރެ ގިނަ ބަޔަކު ވައިރަހުގެ ސަބަބުން މަރުވެފައިވީ ފުރަތަމަ ފަހަރެވެ.

ބްރެޒިލް އިން މީގެ ކުރިން އެންމެ ގިނަ އަދަދެއްގެ ބަޔަކު އެއް ދުވަހުގެ ތެރޭގައި މަރުވެފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުގަ އެވެ. އެ ދުވަހު ބްރެޒިލް އިން ވަނީ 881 މީހުން ވައިރަހުގެ ސަބަބުން މަރުވެފަ އެވެ.

ދުވާލެއްގެ މައްޗައް ކޮވިޑް-19 ވައިރަހުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ބްރެޒިލްގައި އިތުރުވަމުންދާ މި ދަނޑިވަޅުގައި އެ ގައުމުގެ ރައީސް ޖައިރް ބޮލްސޮނާރޯ ވަނީ، ވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ގޮތުން ހައިޑްރޮއޮކްސިކްލޮރޮކީން ބޭނުން ކުރުމަށް ފަށްޓަން އުޅޭ ކަމަށް ވިދާޅުވެފަ އެވެ.

ހައިޑްރޮއޮކްސިކްލޮރޮކީން އަކީ ވައިރަސް ނުޖެހި ވައިރަހުން ރައްކާތެރި ވުމުގެ ގޮތުން ބޭނުން ކުރަން ރަނގަޅު ބޭހެއް ކަމުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ނަަމަވެސް ދުނިޔޭގެ ސިއްހީ މާހިރުންނާއި ސައިންޓިސްޓުން ދެކޭ ގޮތުގައި މި ބޭސް ބޭނުން ކުރުމުން ވައިރަހުން ރައްކާތެރި ކޮށްދޭ ކަމުގެ އެއްވެސް ހެއްކެތް އަދި ފެންނާކަށް ނެތެވެ.

ބްރެޒިލް މިހާރު އޮތީ ދުނިޔޭގައި ވައިރަހަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާ ތިން ވަނަ ގައުމުގެ ގޮތުގަ އެވެ. އެ ގައުމުން މުޅިއަކު ވައިރަސް ޖެހުނު މީހުންގެ އަދަދު 271,885 (ދެ ލައްކަ ހަތްދިހަ އެއް ހާސް އަށް ސަތޭކަ އަށްޑިހަ ފަހެއް) އަށް ވަނީ އަރާފަ އެވެ. އަދި އެ ގައުމުގައި 17،983 މީހުން ވައިރަހުގެ ސަބަބުން މަރުވެފައިވާއިރު، އެއް ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ފަރުވާދީގެން ވައިރަހުން ރަނގަޅު ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް