ads
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުން އިއްވާ ހުކުމްތައް ލިޔުއްވާ ފަނޑިޔާރު އެނގޭ ގޮތް ހަދަނީ
ސުޕްރީމް ކޯޓުން މައްސަލަތައް ނިންމާއިރު ހުކުމް ލިޔުއްވި ފަނޑިޔާރު އެނގޭ ގޮތަށް ހަމަޖެއްސުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
Advertisement
ސުޕްރީމް ކޯޓުން މައްސަލަތައް ނިންމާއިރު ހުކުމް ލިޔުއްވި ފަނޑިޔާރު އެނގޭ ގޮތަށް ހަމަޖެއްސުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތެރެއިން މިވަގުތު ހުކުމްކުރުމަށް ތާވަލްކުރެވިފައިވާ މައްސަލަތައް ފިޔަވާ އެހެނިހެން މައްސަލަތަކުގެ ރިޕޯޓްގައި ޖަޖްމަންޓް ލިޔުއްވާ ފަނޑިޔާރަކީ ކޮން ބޭފުޅެއް ކަން އެނގޭ ގޮތަށް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން އެހެން ފަނޑިޔާރެއްގެ އިތުރު ރައުޔެއް ނުވަތަ ފާހަގަކުރައްވާ އިތުރު ކަމެއް އޮންނަމަ އެކަމެއް ވަކިވަކިން އެނގޭނެ ގޮތަކަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގެ ފޯމެޓް ބަދަލުކުރުމަށްވެސް ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުގެ ރިޕޯޓްގައި މީގެކުރިން ވެސް ރައުޔު ތަފާތުވާ ފަނޑިޔާރުގެ ރައުޔު ހިމަނާފައި ހުރެ އެވެ. ނަމަވެސް ހުކުމް ލިޔުއްވާ ފަނޑިޔާރުގެ ނަމާއި، ފަނޑިޔާރުންގެ އަޣުލަބިއްޔަތު ރައުޔު ހިމަނާފައެއް ނުހުރެ އެވެ.

ސުޕްރީމް ކޯޓުން އާންމުކޮށް މައްސަލަތައް ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ނަމަވެސް ދުސްތޫރީ ބޮޑެތި މައްސަލަތައް ނިންމާއިރު ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ގޮތަށްވެސް މައްސަލަތައް ނިންމާފައި ހުރެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;