ތަކަންދޫ އާންމު ހާލަތަށް ގެނެސްފި
މާއިދާ މުހައްމަދު ރަޝާދު
22 މޭ 2020 - 00:03:35
މޮނިޓަރިންގެ ހާލަތަށް ގެނައި ހއ. ތަކަންދޫ އާންމު ހާލަތަށް ގެނެސްފި އެވެ.
ތަކަންދޫން ދެ އަންހެނަކާއި ކުޑަ ކުއްޖެއް ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިމަހުގެ އެއް ވަަނަ ދުވަހެވެ. އެ މީހުންނަކީ އަތޮޅު ތެރެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި އހ. އުލިގަމު މީހާ ދަތުރުކުރި ކާވިޔާ ބޯޓުން ދަތުރުކުރި ބައެކެވެ.
މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ އެމީހުން ޕޮޒިޓިވްވުމާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނައި ތަކަންދޫ އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި މިހާރު މޮނިޓަރިންގެ ހާލަތުގައި ހުރީ 389 ތަނެކެވެ.
އަދި ތަކަންދޫ މޮނިޓަރިންގެ ހާލަތުން ނެގުމާއެކު މިހާރު ކަރަންޓީން ނުވަތަ މޮނިޓަރުންގައި އޮތީ މާލޭ ސިޓީ އާއި ނ. މަނަދޫ އަދި ށ. ނަރުދޫ އާއި ކ. ހިންމަފުއްޓެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް