ads
ފޮޓޯ: ފޮރިން މިނިސްޓްރީ
މިނިސްޓަރު ޝާހިދު ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް ތައުޒިޔާގެ މެސެޖެއް ފޮނުވައިފި
ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ) ގެ ފްލައިޓެއް ވެއްޓި އޭގެން ދަތުރުކުރި މީހުން މަރުވުމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޕާކިސްތާނުގެ ފޮރިން މިނިސްޓަރު މަހްދޫމް ޝާހް މަހްމޫދު ޤުރޭޝީއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިނިސްޓަރު ޝާހިދުގެ މެސެޖުގައި މަތިންދާބޯޓު ވެއްޓުނު ހަބަރު އެހީ ފުން ހިތާމައާއި އެކު ކަމަށާއި، ހިތާމައިގެ މިދަނޑިވަޅުގައި ޕާކިސްތާނު ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ތައުޒިޔާ ދަންނަވާ ކަމަށެވެ. އަދި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށްވެސް މިނިސްޓަރ ޝާހިދު އެދިވަޑައިގަނެފައިވާކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. 

ޕާކިސްތާނުގެ ލަހޯރް އިން ކަރާޗީ އަށް ދަތުރު ކުރަމުން ދިޔަ ޕީއައިއޭގެ ފްލައިޓް ވެއްޓިފައި ވަނީ ކަރާޗީ ޖިނާހް އިންޓަނޭޝަނަލް އެއާޕޯޓް ކައިރިއަށް ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

އެ ފްލައިޓް ދަތުރުކުރަމުން ދިޔައީ 99 ފަސިންޖަރުންނާއި އަދި އަށް ކްރޫ މެމްބަރުންނާއި އެކު ކަމަށް ޕީއައިއޭގެ ސްޕޯކްސްޕާސަން އަބްދުލް ސައްތާރް ވިދާޅުވެފައިވާ ކަމަށް ޑޯން މީޑިއާއިން ރިޕޯޓްކުރެ އެވެ. އަދި އެއާޕޯޓްގައި ފްލައިޓް ޖައްސަން އުޅުމުގެ ތެރޭގައި އެ ފްލައިޓް ވެއްޓިފައި ވަނީ މީހުން ދިރިއުޅެމުންދާ ސަރަހައްދަކަށް ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް