ads
ބީއެމްއެލް---
ބީއެމްއެލް އިން ރިކަވަރީ ސްކީމްގެ 125 ލޯނު ދޫކޮށްފި
ސަރުކާރުގެ ކޮވިޑް-19 ރިކަވަރީ ސްކީމުގެ ދަށުން ދޫކުރާ ލޯންތަކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކުރާ ލޯނުތަކުގެ ތެރެއިން މިހާތަނަށް 125 ލޯނު ދޫކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ބީއެމްއެލް މެދުވެރިކޮށް 10 މިލިއަނަށް ވުރެ މަތީގެ އާމްދަނީ ލިބޭ ވިޔަފާރި ތަކަށާއި ރިސޯޓުތަކަށް ދޫކުރަމުންދާ ލޯން ތަކުގެ ގޮތުގައި މިހާތަނަށް 145.7 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައި ވާކަމަށެވެ. އޭގެ ތެރޭގައި 2.5 މިލިއަން ޑޮލަރު ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ބީއެމްއެލް އިން ވަނީ ލޯނަށް ފައިސާ ދޫކުރުމުގެ މަރުހަލާ ނިމޭނީ ކަސްޓަމަރުން ބޭންކަށް އަނބުރާ ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުމުންކަމަށް ބުނެފަ އެވެ. އަދި ކަސްޓަމަރުން ވިހާވެސް އަވަހަކަށް އެ ލިޔުންތައް ފޮނުވުމަށް ބީއެމްއެލުން އިލްތިމާސްކުރެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައިވާ އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން ގާއިމްކޮށްފައިވާ ރިކަވަރީ ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ ލޯނު ތަކަކީ އެއްވެސް ރަހުނަކާ ނުލައި، %6 އިންޓްރެސްޓްގައި ދޫކުރާ ފައިނޭންސިން އެކެވެ.

އެ ފައިނޭންސިން އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނިގެން ޖުމްލަ ތިން އަހަރުގެ މުއްދަތެއް ލިބޭ އިރު، އެ ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކަން ނުޖެހޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް