ads
އެސްޑީއެފްސީ--
އެސްޑީއެފްސީ އިން މިހާތަނަށް 22.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
ސަރުކާރުގެ ކޮވިޑް-19 ރިކަވަރީ ސްކީމުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާބ މީހުންނަށް ދޫކުރާ ލޯނުތަކުގެ ތެރެއިން 22.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސިން ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ ރިކަވަރީ ލޯން ތަކުގެ ތެރެއިން މިހާތަނަށް 241 ލޯނު ދޫކުރެވިފައިވާކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ، މިހާތަނަށް އެސްޑީއެފްސީގެ ލޯނުތަކަށް 1،680 ފަރާތަކުން އެދިފައިވާ ކަމަށެވެ. އެއީ 1،046 ވިޔަފާރި އާއި އަމިއްލަ މަސައްކަތްކުރާ 634 މީހުންކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

މިހާތަނަށް އެސްޑީއެފްސީ އަށް ހުށައަޅާފައިވާ ލޯނުތަކުގެ ތެރެއިން އެޕްރޫވް ކޮށްފައި ވަނީ 640 އެޕްލިކޭޝަން ކަމާއި އެއީ 466 ވިޔަފާރި އާއި 174 އަމިއްލަ މަސައްކަތްކުރާ މީހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ މި ފަރާތްތަކުގެ ތެރެއިން 241 ފަރާތަކަށް ލޯނު ދޫކޮށްފައިވާ އިރު، 193 ވިޔަފާރި އަކަށް 21.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ ކަމަށެވެ. އަދި އަމިއްލަ މަސައްކަތްކުރާ 48 އަށް މީހަކަށް 1.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފަ އެވެ. 

މީގެ އިތުރުން މި ލޯނަށް 217 އަންހެންކަނބަލުން އެޕްލައިކޮށްފައި ވާކަމަށާއި އޭގެ ތެރެއިން 84 ކަނބަލުންގެ އެޕްލިކޭޝަން އެޕްރޫވްކޮށްފައި ވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް