ads
އުލިގަމުގައި ބަނދަރު ކުރާ ޔޮޓު ތަކުގެ ފީ ކުޑަކޮށްފި
ހއ. އުލިގަމުގައި ބަނދަރު ކުރާ އުޅަނދުފަަހަރަށް ކަސްޓަމްސް އިން ނަގާ ފީތައް ކުޑަ ކޮށްފި އެވެ.
Advertisement

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އާންމު ގަވާއިދަށް ގެނެއްސަވާ ބަދަލުތަކާއި އެކު، އުލިގަމުގައި ބަނދަރުކުރާ ޔޮޓުފަހަރާއި ގުޅުން ހުރި މައްސަލަތަކަށް ލުއި ދިނުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ. 

ގެނެއްސަވާ ބަދަލާއިއެކު ކަނޑައެޅޭ ވަކި ސައިޒު ތަކެއްގެ އުޅަނދު ފަހަރަށް ކަސްޓަމްސް އިން ނަގާ "އިންވާޑް އަދި އައުޓްވާޑް" ފީތައް 75 ޕަސެންޓް ކުޑަކޮށްފައިވާއިރު ހާއްސަކޮށް އުލިގަމަށް ބަނދަރުކުރާ އުޅަނދުތައް އިތުރުކުރުމަށް، މިހާރު އަމަލުކުރާ އުސޫލުތައް ވަރަށްބޮޑަށް ލުއިކޮށްފައިވާކަން އެ ކުންފުނިން ވަނީ ފާހަގަ ކޮށްފަ އެވެ.

އަދި، ރާއްޖެ އަންނަ 15 މީޓަރަށް ވުރެން ކުޑަ ޓޫރިޒަމް އުޅަނދުފަހަރަށް އިންވާޑް އަދި އައުޓްވާޑް ފީއެއްގެ ގޮތުގައި 250 ރުފިޔާ ކޮޅަކަށް ނަގަން ހަމަޖެހިފައިވާއިރު، ކުރިން މިފަދަ އުޅަނދު ފަހަރުން ނަގާނީ ކޮޅަކަށް 1000 ރުފިޔާ ކަމަށް އެ ކުންފުނިން ވަނި ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން، މި އިސްލާހާއިއެކު، ރާއްޖެ އަންނަ ފަތުރުވެރިކަމުގެ އުޅަނދު ފަހަރަށް އިންވާޑް ކްލިއަރެންސް ދޭ ވަގުތުން ފެށިގެން އޭޖަންޓަކު ހަމަޖެއްސުމަށް މިހާރު ވަނީ އިތުރު ވަގުތު ދީފައެވެ. ވަގުތުގެ ގޮތުގައި 72 ގަޑިއިރު ދީފަިއވާއިރު އެ ވަގުތުގައި އޭޖެންޓަކު ނުހޯދިއްޖެ ނަމަ އެ އުޅަނދުގެ ވެރި ފަރާތް 5000 ރުފިޔާ އަށް ޖޫރިމަނާ ކުރެވިގެންދާނެ ކަމަށް ކަސަޓަމްސް އިން ވަނީ ބުނެފަ އެވެ.

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނީ  އުލިގަމު ފަދަ ލޯކަލް ޓޫރިޒަމާ ގުޅުންހުރި ރަށެއްގައި ޔޮޓް ޓޫރިޒަމް ސިނާއަތް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ދިރާސާކޮށް، އެމަސައްކަތްތައް އަމަލީ ގޮތުން ތަންފީޒު ކުރުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް