ads
ކޮރަޕްޝާނާއި މަރުތަކުގެ މައްސަލަ ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އިމްރާން ދެއްވި: ރައީސް ނަޝީދު
ކުރީ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަނާއި މަރުތަކުގެ މައްސަލަތަކުގެ ތަހުގީގު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވާފައިވާކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އީދު ތަހުނިޔާ ކިޔުމަށް މިނިސްޓަރު އިމްރާނަށް ގުޅުއްވި ކަމަށެވެ. އަދި މިނިސްޓަރު އިމްރާނާއި ގުޅުއްވާ މަޝްވަރާ ކުރެއްވި ކަންކަން ރައީސް ނަޝީދު ހާމަކުރައްވާފައި ވެއެވެ. 

"މިނިސްޓަރު ވަރަށް ބޮޑު ޔަގީންކަމެއް ދެއްވި ނިމިދިޔަ ސަރުކާރުން ހިންގާފަވާ ކޮރަޕްޝަނާއި ވައްކަން އަދި މަރުތަކުގެ މައްސަލަތައް ކުރިއަށް ގެންދެވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރައްވާނެ ކަމަށް."

ރައީސް ނަޝީދު ވަނީ މިނިސްޓަރު އިމްރާން ދެއްވާފައިވާ ޔަގީންކަމަށް ޝުކުރުދަންނަވާފައެވެ.

ކުރީ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެވާހަކަ މި ފަހުން އެންމެ ބޮޑަށް ދެކެވެން ފެށީ ރައީސް ނަޝީދު އެމަނިކުފާނުގެ ސަޕޯޓަރުންނާއި ހިއްސާ ކުރެއްވި ނޯޓެއްގެ ސަބަބުންނެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހަމައެކަނި ޖަލުގައި އިންނެވުމުގެ އިންސާފު ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ކުރީ ސަރުކާރުގެ ކޮރަޕްޝަނާއި މަރުތަކުގެ މައްސަލަ ބެލުމަށް ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. 

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އާއި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރުތަކުގެ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބު ސާފުނުވާ ކަމަށް ބުނެ، މަޖިލީހުން އެކަން ބަލައިދިނުމަށް އެދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ވަނީ މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ. 

އެ ކަމާއި ގުޅިގެން ރައީސް ނަޝީދު ވަނީ އެކަންކަން ބެލުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށާއި 241 ކޮމިޓީއަށް މައްސަލަ ފޮނުވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް