ލިޔޯންގެ ރައީސް އޮލާސް، ޕްރައިމް މިނިސްޓަރު އަދި ފްރާންސްގެ ކުޅިވަރާއި ބެހޭ މިނިސްޓަރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ލީގު ކެންސަލް ކުރަން ނިންމި ނިންމުން ބަދަލުކޮށް އަލުން ލީގު ފަށަން ޖެހޭ ކަމަށެވެ. ލީގު ކެންސަލް ކުރުމަކީ، މާލީ ގޮތުން ފްރާންސްގެ ކްލަބުތަކަށް ކުރިމަތިވާނޭ ބޮޑު ގެއްލުމެއް ކަމަށާއި އެ ގެއްލުމުން އަރައިނުގަނަވޭނެ ކަމަށް އޮލާސް ދެކެއެވެ. ލީގު ކެންސަލް ކުރިއިރު ލިޔޯން އޮތީ ޓޭބަލްގެ ހަތްވަނަ މަގާމުގައެވެ.
ކޮރޯނާއާއި ގުޅިގެން ކެންސަލް ކުރި ފްރެންޗް ލީގުގެ ޗެމްޕިއަނުންނަކީ، ލީގު މެދު ކަނޑާލިއިރު އެއްވަނައިގަ އޮތް ޕީއެސްޖީ ކަމަށް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމާފައެވެ. ލީގު ކެންސަލްކޮށް، ޗެމްޕިއަންކަމަށް ކަނޑައެޅި ޕީއެސްޖީ އޮތީ ލީގު ކެންސަލް ކުރިއިރު ބާރަ ޕޮއިންޓްގެ ފަރަގަކާއި އެކު ލީގު ޓޭބަލްގެ އެއްވަނައިގަ އެވެ.