ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހުއްދަ ނުލިބޭނަމަ ޖަލްސާއަށް ހާޒިރުވެވޭކަށް ނެތް: ރިޔާޒް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ދިއުމަށް ބޭރަށް ނިކުތުމުގެ ހުއްދަ ނުލިބޭނަމަ ޖަލްސާއަށް ހާޒިރުވެވެން ނެތްކަމަށް މަޖިލީހަށް އަންގާފައިވާކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

މަޖިލީޙުގެ ތަޅުމުގައި ޖަލްސާ ބޭއްވުމަށް މަޖިލީހުގެ އިދާރާއިން ނިންމި ނިންމުމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ރިޔާޒް ވިދާޅުވީ އެޗް.ޕީ.އޭ ނުވަތަ ފުލުހުޖންގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ޖަލްސާއަށް ހާޒިރު ވެވެން ނެތްކަމަށް މަޖިލީހުގެ އިދާރާއަށް އަންގާފައިވާކަމަށެވެ. 

"މީގެކުރިން ހުއްދަ ހޯދައިގެން ރަށުން މާލެއައުމުން އަޅުގަޑުގެ ސުލޫކީ މައްސަލަ މަޖިލިހުން ބަލާފަވާއިރު އެފަދަ ހުއްދައެއްނެތި މަޖިލިހަށް ދިޔަ މައްސަލަ މާދަމާ އެހެންތަނަކުން ބެލުން ވެސް އެކަށީގެންވޭ."

މަޖިލީހުގެ ޖަލްސާ ތަޅުމުގައި ބޭއްވުމުގެ މައްސަލައިގައި މެމްބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވެފައެވެ. އެގޮތުން އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވެސް މިކަމުގައި ހިޔާލުތަފާތު ވެފައިވާއިރު އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުުވެފައިވަނީ ޖަލްސާ ބޭއްވުމަށް ހުރަސް އަޅާ ފަރާތްތަކުގެ މައްސަލަ ބަލާނެ ކަމަށެވެ. 

ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާއި އެކު މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބޭއްވުމަށް މަޖިލީހުގެ އިދާރާއިން ނިންމާފައިވާއިރު 

މަޖިލީހުން ބުނީ މަޖިލިސް ކުރާ މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށާއި އަދި އެ މެންބަރުން އިށީނދެވަޑައިގެން ތިއްބަވާނީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގަވާފައިވާ ދުރުމިނުގައި ކަމަށެވެ.

މަޖިލީހުން ބުނީ އެއްވަގުތެއްގައި އެއް މޭޒެއްގައި ދެ މެންބަރުން ނުތިއްބެވޭނެ ކަމަށާއި ވޯޓުލުމުގައި ވެސް އަމަލުކުރާނީ އެގޮތަށް ކަމަށެވެ. ވަކި އިންތިޒާމެއްގެ ދަށުން މެންބަރުން ވަދެވަޑައިގެން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު މާލަމުން ނިކުމެވަޑައިގަތުމުން، ބާކީ ތިއްބެވި އެހެންމެންބަރުން މާލަމަށް ވަދެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވޭނެ ކަމަށް ވެސް މަޖިލީހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް