ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކޮރަޕްޝަނާއި މަރުތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބު ބެލުމަށް ޖޮއިންޓް ކޮމިޓީއެއް
ކުރީ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތްނޭންގޭ މަރުތަކުގެ މައްސަލަތަކުގެ ތަހުގީގުތައް އޮތް ހިސާބެއް ސާފުކުރުމަށް ފޮނުވާފައިވާ މައްސަލަ ބެލުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އާއި 241 ކޮމިޓީ ގުޅިގެން ޖޮއިންޓް ކޮމިޓީއެއް އެކުލަވާލަން ނިންމައިފި އެވެ.
Advertisement

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހަޅާފައިވާ މައްސަލައިގައި ރޭ ވަނީ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައެވެ. އަދި ދެ ބައްދަލުވުމުގައި ޖޮއިންޓް ކޮމިޓީއެއް އެކުލަވާލަން މެންބަރުން ހުށަހެޅުމުން ދެ ކޮމިޓީގެ މުގައްރިރުން ވަނީ ޖޮއިންޓް ކޮމިޓީއެއް ހެދުމަށް ނިންމާފައެވެ. 

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އާއި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބު ސާފުނުވާ ކަމަށް ބުނެ، މަޖިލީހުން އެކަން ބަލައިދިނުމަށް އެދި މެމްބަރު މުއިއްޒު މަޖިލީހަށް ފޮނުވި ސިޓިގައި ވަނީ އެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދައި ދިނުމަކީ އެމްޑީޕީ އާއި ސަރުކާރުގެ ވައުދެއް ކަމަށެވެ. އަދި އެ މައްސަލަތައް ބަލައި ތަހުގީގުކޮށް އިންސާފު ހޯދައި ދިނުމަކީ މެމްބަރުން މަޖިލީހަށް ހޮވަން ރައްޔިތުން ވޯޓު ދިން ސަބަބަކަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައާއި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތަކަކީ، އެކަމުގައި އާންމު މަސްލަހަތު ހިމެނޭ މައްސަލަތަކެއް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލަތަކުގެ ތަހުގީގުތަކާއި، ދައުުވާ އުފުލުމާއި އަދި ޝަރީއަތްތައް ހިނގާގޮތުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރާ މިންވަރު މަދުކަމަށް ގަބޫލުކުރައްވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި އެ މައްސަލަތައް މިހާރު ގޮސްފައިވާ ހިސާބު ސާފުނުވާކަން ވެސް ފާހަގަކުރައްވަ އެވެ. 

އެގޮތުން މައްސަލަތައް ބެލުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި، އެ މައްސަލަތައް ބެލުމާއި، ދައުވާ އުފުލުން ނުވަތަ ޝަރީއަތް ހިންގުން ލަސްވުމަށް ހުރި ސަބަބުތަކަކާއި، ނުފޫޒެއް ނެތި އިތުބާރު ހިފޭ ނިޒާމެއްގެ ތެރެއިން، ނަތީޖާ ނެރެވޭނެ ފަދައިން އެ މައްސަލަތަކާމެދު އަމަލުކުރަމުން ދޭތޯ ޔަގީންކުރުމަށް ބޭނުންވާތީ، އެކަން ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް