ads
މިއަދު ފުރި ބަންގްލަދޭޝްގެ މީހުން/ ފޮޓޯ:މޯލްޑިވިއަން
ބަންގްލަދޭޝްގެ 200 މީހަކު ގައުމަށް ފުރުވާލައިފި
ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން 200 މީހަކު އެ ގައުމަށް ފުރުވާލައިފި އެވެ.

މި މީހުން ގައުމަށް ފުރާފައިވާކަމަށް ބުނެފައި ވަނީ މޯލްޑިވިއަން އިން ނެވެ. 

މޯލްޑިވިއަން އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ މިއަދު މެންދުރު އެ އެއާލައިންގެ ފްލައިޓެއް ބަންގްލަދޭޝްގެ 200 މީހުން ގޮވައިގެން ޑާކާ އަށް ފުރާފައިވާކަމަށެވެ. 

މީގެ ހަފްތާ އެއް ކުރިން ވެސް ބަންގްލަދޭޝްގެ 200 މީހަކު ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި އެ ގައުމަށް ގެންގޮސްފަ އެވެ. މީގެ އިތުރުން މިދިޔަ މޭ މަހު 22 ވަނަ ދުވަހު މޯލްޑިވިއަން އިން ވަނީ ރާއްޖޭގައި ދިރިއުޅެމުންދާ 352 ބިދޭސީ ރައްޔިތުން އަނބުރާ އެ ގައުމަށް ފޮނުވާލާފަ އެވެ. 

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން ފޮނުވާލުމުގެ މަސައްކަތަކީ ކޮވިޑް-19 އާ ގުޅިގެން ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އަދި ވެސް ކަމާގުޅުން ހުރި މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކުރަމުންދާ މަސައްކަތެއް ކަމަށް މޯލްޑިވިއަނުން ވަނީ ފާހަގަ ކޮށްފަ އެވެ.

މިހާތަނަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން 1600 އެއްހާ މީހުން ވަނީ އަނބުރާ ގައުމަށް ގެންގޮސްފަ އެވެ. އަދި ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ 5،000 އެއްހާ މީހުން ފޮނުވާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ނެޝަަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން، މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް