ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ސްޕެއިންގައި ކުރިއަށްދާ ފައިނޭންސިން ފޯ ޑިވެލޮޕްމަންޓުގެ ބައިނަލްއަގުވާމީ ކޮންފަރެންސްގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް
ތަރައްގީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި: ނައިބު ރައީސް
މިހާރު ކުރިމަތިލާންޖެހިފައިވާ ދަރަނީގެ މައްސަލަތައް ދިމާވަނީ ހިންގުމުގެ ފެންވަރު ދަށްވެގެން ނޫން ކަމަށާއި އެއީ، ދުނިޔޭގެ މާލީ ނިޒާމުގެ ތެރޭގައި ހުރި އަސާސީ މައްސަލަތަކުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ސްޕެއިންގައި ކުރިއަށް ގެންދާ ފައިނޭންސިން ފޯ ޑިވެލޮޕްމަންޓުގެ ބައިނަލްއަގުވާމީ ކޮންފަރެންސްގެ ހަވާސާގައި ބޭއްވި "ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސް" އިވެންޓުގައި ނައިބު ރައީސް ވިދާޅުވީ މިހާރު ކުރިމަތިލާންޖެހިފައިވާ ދަރަނީގެ މައްސަލަތައް ދިމާވަނީ ހިންގުމުގެ ފެންވަރު ދަށްވެގެން ނޫން ކަމަށެވެ.

އެ ފަދަ މައްސަލަތައް ބޮޑުވެގެން އުޅެނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދުނިޔޭގެ މާލީ ނިޒާމުގެ ތެރޭގައި ހުރި އަސާސީ މައްސަލަތަކުގެ ސަބަބުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މިއަދުގެ މާލީ މާހައުލުގައި ސިޑްސްގެ ގައުމުތަކަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވާލައްވައިފަ އެވެ.

ސިޑްސް ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސްއަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެ ކަމުގެ ޔަގީންކަން، އެ މަނިކުފާނު ދެއްވިއެވެ. ސިޑްސްއަށް ހާއްސަ ކުރެވިގެން ހައްލުތަކެއް ހޯދައި، ދޭސީ އީޖާދީ އުފެއްދުންތެރިކަން ކުރިއަރައި ދިއުމަށް ފުރުސަތު ފަހިވާނެކަން ފާހަގަ ކުރައްވައި، މިފަދަ ޖިދުމަތެއްގެ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ފެށުމަށް ވެސް އެ މަނިކުފާނު ވަނީ ބާރުއަޅުއްވައިފަ އެވެ.

މި އިވެންޓުގައި، އެކިއެކި ގައުމުތަކުގެ އިސްވެރިންނާއި އޮފިޝަލުންގެ އިތުރުން އދ.ގެ ކަމާ ގުޅުންހުރި މުއައްސަސާތަކާއި އިދާރާތަކުގެ އިސް މަންދޫބުން ވެސް ބައިވެރިވެވަޑައިގަތެވެ.

ސިޑްސް ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސަރވިސްއަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެ ކަމުގެ ޔަގީންކަން، ރައީސްގެ ނައިބު ވަނީ ދެއްވާފަ އެވެ. ސިޑްސް އަށް ހާއްސަ ކުރެވިގެން ހައްލުތަކެއް ހޯދައި، ދޭސީ އީޖާދީ އުފެއްދުންތެރިކަން ކުރިއަރާ ދިއުމަށް ފުރުސަތު ފަހިވާނެކަން ފާހަގަކުރައްވައި، މިފަދަ ހިދުމަތެއްގެ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ފެށުމަށްވެސް ނައިބު ރައީސް ވަނީ ބާރުއަޅުއްވާފަ އެވެ.

މި އިވެންޓުގައި، އެކިއެކި ގައުމުތަކުގެ އިސްވެރިންނާއި އޮފިޝަލުންގެ އިތުރުން އެކުވެރި އދ.ގެ ކަމާއި ގުޅުންހުރި މުއައްސަސާތަކާއި އިދާރާތަކުގެ އިސް މަންދޫބުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޖޫން މަހުގެ 30 އިން ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އެފްއެފްޑީ4 ގައި ބައިވެރިވަޑައިގަތުމަށް ނައިބު ރައީސް މިވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް