ads
އެސިސްޓެންޓް ޕީޖީ އަކަށް ހަމަޖެއްސެވި ރާބިއު--
އެސިސްޓެންޓް ޕީޖީގެ މަގާމަށް ރާބިއު ހަމަޖައްސައިފި
އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް އަލްއުސްދާޒް އަބްދުﷲ ރާބިއު، އައްޔަންކުރައްވައިފި އެވެ.

ޕީޖީ އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާގެ މަގާމުގައި ހުންނެވި ރާބިއު މިއަދު އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް އައްޔަން ކުރެއްވިއިރު ރާބިއު ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވަން ފައްޓަވާފައި ވަނީ 2009 ވަނަ އަހަރެވެ.

އެގޮތުން އެންމެ ފުރަތަމަ ވެސް ޕީޖީ އޮފީހުގައި މަަސައްކަތް ކުރައްވަން ފެއްޓެވިއިރު އޭނާ އެންމެ ފުރަތަމަ އަދާކުރައްވާފައި ވަނީ އެތަނުގެ އެސިސްޓަންޓް ޕަބްލިކް ޕްރޮސިކިއުޓަރުގެ މަގާމެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި އޭނާއަކީ މިވަގުތު އެ އޮފީހުގައި ހުންނެވި އެންމެ ބޮޑަށް ތަޖުރިބާ ހުންނެވި އެއް ގާނޫނީ ވަކީލެވެ.

ރާބިއު ފުރަތަމަ ޑިގްރީ ހާސިލު ކުރައްވާފައި ވަނީ ޝަރީއަތާއި ގާނޫނުގެ ދާއިރާ އިން މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީންނެވެ. އަދި ޝަރީއަތުގެ ދާއިރާއިން ވިލާ ކޮލެޖުން އޭނާ ވަނީ މާސްޓާސް ހައްދަވާފަ އެވެ. 

އަދި ގާނޫނީ ދާއިރާއިން ގިނަ އަދަދެއްގެ ސެމިނާތަކާއި، ޓްރެއިނިން ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ފޮރެންސިކް ސައިންސްގެ ދާއިރާއާއި، ޖިންސީ ގޯނާގެ މައްސަލަތައް ތަހްގީގްކުރުމާބެހޭ ދާއިރާއާއި، އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ ގާނޫނާ ގުޅޭ ޓްރެއިނިން ޕްރޮގްރާމްތައް ހިމެނޭ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. 

އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލުންގެ ގޮތުގައި މިހާރު ތިއްބެވީ އަލްއުސްތާޒް އަބްދުﷲ ރާބިއުގެ އިތުރުން، އަލްއުސްތާޒް ހުސެއިން ނާޝިދާއި، އަލްއުސްތާޒާ ޖިހާދާ އަނީސްއާއި، އަލްއުސްތާޒާ ޝަމްރާ ޝަމީމް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް