ads
މެމްބަރު އަލީ ހުސެއިން--
ގުޅިފަޅު ޕްރޮޖެކްޓަކީ ތިމާވެށީގެ ގެއްލުން އިންތިހާޔަށް ބޮޑު މަސައްކަތެއް: އަލީ ހުސެއިން
ގުޅިފަޅު ޕްރޮޖެކްޓަކީ އިގްތިސޯދާއި އިޖުތިމާއީ ނަފާ ހީނަރު ކުރުވުމުގެ އިތުރުން ލާމަރުކަޒީ ނިޒާމާ ދިމާ އިދިކީލި ޕްރޮޖެކްޓެއްކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ ގުޅިފަޅުގައި ތަރައްގީ ކުރާ ޕޯޓްގެ މަޝްރޫގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު އެސަރަހައްދުގެ ތިމާވެއްޓަށް އަސަރު ކުރަމުންދާތީ، އެކި ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅު ކުރަމުން ދިއުމާއެކު، އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމާފައިވާކަމަށެވެ.

ގުޅިފަޅު ހިއްކުމުގެ ޕްރެޖެކްޓާއި ގުޅޭގޮތުން އަލީ ހުސެއިން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނީ ގުޅީފަޅު ޕްރޮޖެކްޓަކީ ތިމާވެއްޓަށް ގެއްލުން ލިބޭނެ ޕްރޮޖެކްޓަކަށްވާއިރު ގުދުރަތީ ރީތިކަމުން ލިބޭ އިގްތިސޯދީ ނަފާ ގެއްލިގެން ދާނެ ކަމެއްކަމަށެވެ. އަދި އެއީ ލާމަރުކަޒީ ނިޒާމާ ފުށުއަރާ ޕްރޮޖެކްޓެއް ކަމަށާއި ހަމައެކަނި އެކަމުން ފައިދާ ކުރާނީ ގުޅިފަޅު ޕްރޮޖެކްޓް ހިއްކުމުގައި ޝާމިލްވާ ފަރާތްތަކަށް އެކަނިކަމަށްވެސް ޓްވީޓްގައި ފާހަގަކޮށްފައިވެ އެވެ.

ގުޅިފަޅު ޕްރޮޖެކްޓުން ގެއްލުންވާނެކަމަށް މެމްބަރު އަލީ ހުސެއިން ވިދާޅުވެފައިވާއިރު މީގެ ކުރިން ވިލިމާލެ ދާއިރާ މެމްބަރު ވެސް ވަނީ އެ ޕްރޮޖެކްޓަކީ ތިމާވެއްޓަށް ގެއްލުން ވާނެ މަސައްކަތެއްކަމަށް ބުނެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފަ އެވެ.

އެ  ސިޓީގައި ބުނީ ވިލިމާލޭގެ ފަރަކީ ވިލިމާލޭގެ ރައްޔިތުންގެ އިތުރުން ގްރޭޓާ މާލޭ ސަރަހައްދުގެ ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރި، ތަފާތު އެކިއެކި މޫދު ކުޅިވަރު ކުޅުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށާއި އެ ފަރަކީ މާލޭ ސަރަހައްދުގެ ގިނަ އަދަދެއްގެ ސްކޫލް ކުދިން ތަފާތު އެކި ހަރަކާތްތަކަށް ބޭނުންކުރަމުންދާ އަދި މާލޭ ސަރަހައްދުގެ ރައްޔިތުންނަށް އަގެއް ނެތި ބޭނުންކުރެވޭ ގޮތަށް އޮތް ހަމައެކަނި ފަރު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް