ads
އަންހެން ކުދިން ހިތާނު ކުރުމަށް ފަގީރު ގައުުމުތަކުގައި ބޭނުން ކުރާާ އާލާތްތައް---
މިސްރުގައި އޮޅުވާލައިގެން ތިން އަންހެން ކުދިން ހިތާނަ ކޮށްފި
މިސްރުގައި ބައްޕައަކު އޭނާގެ ތިން އަންހެން ކުދިންނަށް އޮޅުވާލައިގެން ހިތާނަކުރުވައިފި އެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ބައްޕައަކު އޭނާގެ ތިން އަންހެން ދަރިންނަށް ޑްރަގުދީގެން ހޭނެއްތުމަށް ފަހު ވަނީ ހިތާނަކޮށްފަ އެވެ.

އެކަމަކު ބައްޕަ އެ ތިން ކުދިން ކައިރީ ބުނެފައި ވަނީ ޑޮކްޓަރު ގެއަށް އަންނަނީ ކޮވިޑް-19 ގެ ވެކްސިނެއް ދިނުމަށް ކަމަށެވެ. 

މަންމަ އާއި ބައްޕަ ވަކިވެފައިވާ އެ ތިން ކުދިންނަކީ ވެސް އުމުރުން އަށާރަ އަހަރު ނުވާ ކުދިން ކަމަށާއި، އެކުދިންގެ މަންމައަށް ވީގޮތް ކިޔައިދިނުމުން އެ ގައުމުގެ ފުލުހުންނަށް މައްސަލަ ވަގުތުން ރިޕޯޓު ކޮށްފައިވާ ކަމަށް މިސްރުގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

މިސްރުގެ ކަމާބެހޭ ފަރާތްތަކުން އިތުރަށް ބުނި ގޮތުގައި، އޮޕަރޭޝަން ކުރުމުގައި ބައިވެރިވެފައިވާ ޑޮކްޓަރާއި އަދި އޭނާއަށް އެހީތެރިކަން ފޯރުކޮށްދިން ބައްޕައަށް ހުކުމް ކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ.

ގިނަ މުސްލިމް ގައުމުތަކާއި، އެފްރިކާގެ ގައުމުތަކުގައި އަދިވެސް އަންހެން ކުދިން ހިތާނަ ކުރެ އެވެ. މިސްރުގައި އެ ކަންތައް ވަނީ 2008 ވަނަ އަހަރުން ފެށިގެން މަނާ ކޮށްފަ އެވެ. އަދި އަންހެން ކުދިން ހިތާނަ ކުރުމަށް އެހީތެރިވެދޭ ޑޮކްޓަރުން ހަތް އަހަރުގެ މުއްދަތަކަށް ޖަލަށްލެވޭ ގޮތަށް އޮވެ އެވެ. 

ބައެއް ގައުމުތަކުގައި އަންހެން ކުދިން ހިތާނަކޮށް އުޅުނުނަމަވެސް އެކަމުން ލިބޭ ސިއްހީ ފައިދާއެއް ފެންނަން ނެތް ކަމަށް ދިރާސާތަކުން ދައްކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް