ads
ފޮޓޯ: ޓުވިޓާ
ބޭރު ދުނިޔޭގެ ގައުމުތަކަށް ދިވެހި ރާއްޖެ ނީލަންކިޔަފި: ސައީދު
ބޭރު ދުނިޔޭގެ ގައުމުތަކަށް ދިވެހި ރާއްޖެ ނީލަން ކިޔުމުގެ މަސައްކަތްތަކެއް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރައްވަމުންގެންދަވާ ކަމުގެ ތުހުމަތުތަކެއް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ލ. މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރައްވައިފިއެވެ.
Advertisement
ބޭރު ދުނިޔޭގެ ގައުމުތަކަށް ދިވެހި ރާއްޖެ ނީލަން ކިޔުމުގެ މަސައްކަތްތަކެއް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރައްވަމުންގެންދަވާ ކަމުގެ ތުހުމަތުތަކެއް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ލ. މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރައްވައިފިއެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް އުވާލާނެ ކަމުގެ އިންޒާރުތަކެއް ރައީސް ނަޝީދު ދެއްވާ މި ދަނޑިވަޅުގައި ސީއެންއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން މެމްބަރު ސައީދު ވިދާޅުވީ މިހާރު ފެނިގެންދަނީ ބޭރުގެ ގައުމުތަކަށް ދިވެހި ރާއްޖެ ނީލަން ކިޔާ މަންޒަރުތައް ކަމަށެވެ.

ރައީސް ނަޝީދު ދައްކަވާ ވާހަކަތަކާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވެ ސައީދު ވިދާޅުވީ އެމްޑީޕީ ވެރިކަމެއްގައި ސަރުކާރުގެ ކޯލިޝަންގެ ތެރޭގައި ތިބީ ގައުމުގައި ހިނގާ ހުރިހާ ކަމެއް އެނގި އެހެންނަމަވެސް ލޮލަށް ފުސްގަނޑެއް ވަދެފައި ތިބޭ މީހުންތަކެއް ކަމަށެވެ.

އެގޮތުން ރައީސް ނަޝީދު ޗައިނާއާއި ރާއްޖެ ޖެއްސެމަށްޓަކައި ސީދާ މަސައްކަތްތަކެއް ކުރައްވާއިރުގައިވެސް އެއިން ބޭފުޅަކަށް ބަހެއްނުބުނެވި ތިބެންޖެހޭ ޖެހުމުން އެކަން ވަރަށް ރަނގަޅަށް ސާބިތުވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެކަމުން ގެއްލުން ލިބޭނީ ހުރިހާ ރައްޔިތުންނަށް ކަމަށާއި ހަގީގަތަކީ ބޭރުގެ ދުނިޔެއަށް ރާއްޖެ ނީލަން ކިޔުން ކަމަށް ސައީދު ވިދާޅުވިއެވެ.

އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރިއިރުގައިވެސް ނަޝީދު އިސްވެ ހުންނަވައިގެން ދިވެހި ރާއްޖެއަށް ފަތުރުވެރިން ނައުމަށް ގޮވާލާ ރާއްޖެއަކީ ޓެރަރިސްޓު ގައުމެއްގެ ގޮތުގައި ބޭރުގެ ދުނިޔޭގެ ގައުމުތަކަށް ދައްކާ ކަމަށް ވިދާޅުވެ ސައީދު ވިދާޅުވީ ސީރިއާއަށް އެންމެ ގިނައިން މީހުން ފޮނުވާ ގައުމަކީ ދިވެހި ރާއްޖެކަމަށް ވިދާޅުވާ ކަމަށެވެ.

އަދި ވެރިކަން ލިބުމުންވެސް ހަމަ އެ ވާހަކަތައް އެގޮތަށް ދައްކަމުންދާ ކަމަށާއި ކޮންކްރީޓަކީ ތަރައްގީ ނޫން ކަމަށާއި، ދިވެހި ރާއްޖެއިން ނަގާ ލޯނަކީ ދަރަންޏަަށްވެ ތަރައްގީ ކުރާ އެއާޕޯޓަކީ އެއްވެސް ބޭނުމެއް ހިފޭ ތަނަކަށް ނުވެ ދާ ކަމުގެ ވާހަކަތައް ދައްކަމުންދާ ކަމަށް ސައީދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ބޭރު ގައުމުތަކުގެ ތެރެއިންވެސް އިންޑިއާއަށް ވަޑައިގެން އަބަދު ޗައިނާއާއި ރާއްޖެ ޖެއްސުމަށްޓަކައި ކުރައްވާ މަސައްކަތްތައް ބަލައިނުގަނެވޭ ކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ އެމްޑީޕީން ދިވެހި ރާއްޖެ ފަލީހަތް ކުރަމުންގޮސް ރާއްޖެއަކީ ނީލަމަށްލާފައި އޮންނަ ތަނެއްގެ ގޮތުގައި ރާއްޖެ ސިފަ މިހާރު ކުރެވޭ ކަމަށެވެ. ޗައިނާއާއި ޖެހިގެން ރާއްޖެއަށް ވާނެ އެއްވެސް ފާއިދާއެއްނޯންނާނެ ކަމަށް ވިދާޅުވެ ސައީދު ވިދާޅުވީ ހުރިހާ ބަދުނަސީބެއް ކުރިމަތިވާނީ ރައްޔިތުންނަށް ކަމަށެވެ.

އަދި ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނަށް މި ކަމާއި ދެކޮޅަށް އަޑު އުފުލުމަށް ގޮވާލާ ސައީދު ވަނީ ސަންޓްރެވެލް ޝިޔާމް އަދި މުހައްމަދު އުމަރު މަނިކުއާއި ގާސިމް އިބްރާހީމްގެ ނަން ފާހަގަ ކުރައްވާ ނަޝީދު ކުރައްވާ މަސައްކަތާ ދެކޮޅަށް ތެދުވުމަށް ގޮވާލާފައެވެ.

ފަތުރުވެރިކަމުގައި ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުކަމުގައި ވިދާޅުވެ ސައީދު ވިދާޅުވީ ރާއްޖެއަށް ޗައިނާގެ އެހީތެރިކަމެއް ބޭނުންނުވާ ކަމަށް ވަރަށް ސަރީހަ ބަހުން ރައީސް ނަޝީދު ގޮވާލަމުންދާ އިރު އަޅުގަނޑުމެން ރާއްޖެއަކީ އެފަދަ ގަދަ ބަސް ބުނެވޭ ވަރުގެ ބައެއްނޫން ކަމަށެވެ.

ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށާއި އަދި ރާއްޖެއާއި އަވަށްޓެރި އެއްވެސް ގައުމަކާ ހީނަރު ގުޅުމެއް ނެތް ކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ ބޭރުގެ ގައުމުތަކާ ރާއްޖެއާއި ދެމެދު މައްސަލަ އުފައްދަނީ ރައީސް ނަޝީދު ކަމަށެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު ވުޖޫދުގައި ވެސް ނެތް ކަމަށާއި އެ އެއްބަސްވުން ކުރިއަށް ނުގެންދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ސީއެންއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި އިތުރަށް އެވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އެއީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ.

އެގޮތުން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރީ އޭރު އިގްތިސާދީ ވާޒީރުގެ މަގާމުގައި ހުންނަވައިގެން އެމަނިކުފާނު ކަމަށާއި ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާގެ ކޮމާސް މިނިސްޓަރު ކަމަށް ސައިޑު ވިދާޅުވިއެވެ.

އަދި އެ އެގްރިމަންޓަކީ ދެ ގައުމަށްވެސް ބޮޑެތި ފާއިދާތަކެއް ކުރާނެ އެގްރިމަންޓެއްގެ ގޮތުގައި ސިފަކުރައްވާ ސައީދު ވިދާޅުވީ އެކަމުގެ ސަބަބުން ބޮޑު ފާއިދާއެއް ކުރާނީ ދިވެހި ރައްޖެއަށް ކަމަށެވެ. އޭގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތަށް ލިބޭ ފާއިދާއާއި މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބުމާއި، ހަމަ އަގަށްވުރެ ބޮޑު އަގެއް ލިބުމާއި ރާއްޖޭގެ ފަތުތުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވުމާއި އިގްތިސާދު ގޮތުން އެތަށް ފާއިދާތަކެއް ހިމެނޭ ކަމަށް ސައީދު ވިދާޅުވިއެވެ.

އެހެންކަމުން ބޮޑެތި ކަންތައްތަކަށް ތަސައްރަފު ނުފުދޭ ބޭފުޅުން ކަންތައްތަކަށް ބަސްބުނުމަށް ވުރެ ނުބުނުން މާ ރަނގަޅުވާނޭ ކަމަށް ސައީދު ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް