
މުނިފޫހިފިލުވުމުގެ ދާއިރާގެ ހަބަރުތައް ގެނެސްދޭ ޒޫމް އިން ރިޕޯޓްކުރާ ގޮތުގައި ތާޕްސީއަށް ވަނީ އާމްދަނީގެ ގޮތުގައި 352 ކްރޯޑް ރުޕީސް ލިބިފަ އެވެ.
އެއާއެކު ތާޕްސީ ބުނީ އެގޮތަށް އެކަންވެފައި އޮތްކަން އޭނާއަށް ނޭނގޭ ކަމަށެވެ. އަދި ޝުކުރު އަދާކުރަމުން ތާޕްސީ ބުނީ އޭނާގެ ކާމިޔާބީގެ އެ ދަތުރު ފާހަގަކުރާނެ ކަމަށެވެ.
މިދިޔަ އަހަރު ތާޕްސީ ފެނިފައި ވަނީ "މިޝަން މަންގަލް" އާއި "ގޭމް އޯވާ" އަދި "ބަދްލާ" ގެ އިތުރުން "ޝާންދު ކީ އާންކް" އިންނެވެ.
އަދި އޭނާ ލީޑުން ފެނިގެންދާ "ތައްޕަޅު" މިދިޔަ މާޗު މަހުގެ ތެރޭގައި ނެރުނުއިރު ކޮވިޑް-19 އާ ގުޅިގެން އެކަމުގެ އަސަރު އެ ފިލްމަށް ވެސް ކުރި އެވެ. އެކަމަކު ފިލްމަށް ރަނގަޅު ތަރުހީބެއް ވެސް އޮތެވެ.
މިދިޔަ އަހަރު އެންމެ ކާމިޔާބު ބަތަލާއަކަށް ތާޕްސީ ވުމުން ގިނަ ބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. އަދި އެކަން ހައްގު ކަމަށާއި އޭނާ އަބަދުވެސް ފެނިގެންދަނީ ވަރަށް ތަފާތު ފިލްމުތަކުންކަން ސަޕޯޓަރުން ފާހަގަކުރެ އެވެ.