ads
ކަރަން އާއި އަންކިތާ--
ރަމަންގެ އަންހެނުން ވިހައިފި، ލިބުނީ އަންހެން ކުއްޖެއް
ޔޭ ހޭ މޮހައްބަތެއިން އިން ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާ ކަރަން ޕަޓޭލް ނުވަތަ ޝޯ ގެ ނަމުންނަމަ ރަމަން ބައްލާ އާއި އޭނާގެ އަންހެނުން، އަންކިތާ ބަރްގަވާއަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.
ޔޭ ހޭ މޮހައްބަތެއިން އިން ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާ ކަރަން ޕަޓޭލް ނުވަތަ ޝޯ ގެ ނަމުންނަމަ ރަމަން ބައްލާ އާއި އޭނާގެ އަންހެނުން، އަންކިތާ ބަރްގަވާއަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

ދަރިއަކު ލިބުމުން އުފަލުން ފޮޅިފައި ހުރި ކަރަން ބުނީ އޭނާގެ ދަރިފުޅުގެ އަދި ކުއްޖާގެ މަންމަގެ ހާލުވެސް ރަނގަޅު ކަމަށެވެ. ނަމަވެސް އަދި ދަރިފުޅުގެ ފޮޓޯއެއް އާންމު ނުކުރެ އެވެ.

އަންކިތާ ވަނީ މީގެ ކުރިންވެސް ބަނޑުބޮޑުވެފަ އެވެ. ނަމަވެސް ބަނޑަށް އެންމެ ހަތަރު މަހުގައި ދަރިފުޅު އޭރު ބައިގެން ދިޔައީ އެވެ.

އަންކިތާއަށް އެހާދިސާ ކުރިމަތިވީ އެވޯޑު ހަފުލާއަކަށް ފިރިމީހާއާއެކު ދިއުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށް ބޭރުގެ ހަބަރުތައް ބުނެ އެވެ.

މީގެ ތިން އަހަރު ކުރިން 2015 ވަނަ އަހަރު ކަރަން، އަންކިތާ އާއި ކައިވެނިކޮށްފައިވާއިރު ދެމީހުން އެކަކު އަނެކަކަށް ތައާރަފުކޮށްދިނީ ޔޭ ހޭ މޮހައްބަތެއިންގައި ރަމަންގެ ކޮއްކޮގެ ރޯލުން ފެނިގެންދާ ރޯމީ ކަމަށް ރަމަން ބުނެ އެވެ.

އަންކިތާއަކީ ޔޭ ހޭ މޮހައްބަތެއިންގައި އިޝިތާގެ ބައްޕަގެ ރޯލުން ފެނިގެންދާ އަބޭ ބަރްގާވާގެ އަސްލު ދަރި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް