ads
މިއުޒިޝަނުންނާއި މިނިސްޓަރު ޔުމްނާ ބައްދަލު ކުރެެއްވުން
ބައެއް ރިސޯޓު މިއުޒިޝަނުންނާއި މިނިސްޓަރު ޔުމްނާ ބައްދަލުކުރައްވައިފި
ބައެއް ރިސޯޓު މިއުޒިޝަނުންނާއި އާޓްސް ހެރިޓެޖް އެންޑް ކަލްޗާގެ މިނިސްޓަރު ޔުމްނާ މައުމޫން ބައްދަލު ކުރައްވައިފި އެވެ.
Advertisement

މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ރިސޯޓު މިއުޒިޝަނުންގެ ތެރެއިން ނެޝަނަލް ސެންޓާ ފޯ އާޓްސް (އެންސީއޭ) ގައި ރަޖިސްޓަރީ ވެފައިވާ ބައެއް މިއުޒިޝަނުންނާއި މިނިސްޓަރު ޔުމްނާ ރޭ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެގޮތުން، އެ ބައްދަލުވުމުގައި، ކޮރޯނާ ވައިރަހާއި ގުޅިގެން ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުން ތަކުގެ ވާހަކަ ދައްކާ، އެ ކަންކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި މެދު މިނިސްޓަރު ވަނީ މިއުޒިޝަނުންނާއި އެކު މަޝްވަރާ ކުރައްވާފައި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން އިތުރަށް ބުނީ، މިނިސްޓަރު ޔުމްނާ ވަނީ ފަންނުވެރިކަމުގެ ދާއިރާ ކުރިއަރުވާ ހަރުދަނާ ކުރުމުގެ ގޮތުން ކުރެވިދާނެ މަސައްކަތްތަކާއި، އެޅޭނެ ފިޔަވަޅުތައް ބަލައި ފަންނުވެރިންނާއި މަޝްވަރާކޮށް އެ ފަންނުވެރިންގެ ހިޔާލު ވެސް ހޯއްދަވާފައި ކަމަށެވެ.

މިއީ އެންސީއޭގައި ރަޖިސްޓަރީ ވެފައިވާ ފަންނާނުންނާއި އެކު މިނިސްޓަރު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުމެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ފަންނާނުންނާއި މަޝްވަރާކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް