ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް އެ މުއައްސަސާއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތިމަރަފުށީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިރިރު ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި 38 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާކަމަށެވެ.
އެގޮތުން ބަލާ ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތުދީފައިވާއިރު މައްސަލަ ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެ އެވެ.
ތިމަރަފުށީން މަސްތުވާ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާއިރު ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 26 އަަހަރުގެ ދިވެހިން ފިރިހެނެއް ހައްޔަރުކޮށްފައިވެ އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެލިދޫން އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ހިނގާ މެއި މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ. އެ އޮޕަރޭޝަނުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ގެންގުޅުނު ތަކެތި ފޮރުވާފައިހުރި ކަމަށް އޭނާބުނި ސަރަހައްދު ބަލައި ފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެެއްޗެއްހުރި 35 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.