ރަސްމީކޮށް އެފްއޭއެމުން، އަލަށް އެކުލަވާލި ފަންސަވީސް ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ގައުމީ ސްކޮޑް، މީޑިއާއަށް ހިއްސާކޮށްފައި ނުވި ނަމަވެސް ފަންސަވީސް ކުޅުންތެރިންގެ ތެރޭގައި ދާދު އާއި އިއްބެ އަދި ސައްޓު ނުހިމެނެ އެވެ. މީގެ އިތުރުން އަނިޔާގައި ހުރި އަސަދުﷲ އަބްދުﷲ އާއި މުހައްމަދު ނާއިމް އާއި މުހައްމަދު ޖައިލަމް (އޮގީ) އަދި ހައިޝަމް ހަސަން އާއި މުޖުތާޒް މުހައްމަދު (މުޖޭ) އަދި ގްރީސް ސްޓްރީޓްސްގެ ސާއިފުވެސް މި ފަހަރު ނުހިމެނެ އެވެ.
ގައުމީ ޓީމުން އެންމެ އަވަހަށް ކުޅެން އޮތް މެޗަކީ އަންނަ އޮކްޓޫބަރު މަހު ޗައިނާއާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅެން ޖެހޭ މެޗެވެ. އޭގެ ފަހުން މާލޭގައި ސީރިޔާއާ ދެކޮޅަށް އޮކްޓޫބަރު މަހު ކުޅުމަށް ފަހު، ނޮވެމްބަރު މަހު ރަށުން ބޭރުގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭނެ އެވެ.