ސްނެޕްޗެޓާއި އިންސްޓަގްރާމް ފަދަ އެޕްތައް އެކަކު އަނެއްކެއްގެ ހާލު ބަލާ ކަންކަން ހިއްސާ ކުރުމަށް ބޭނުން ކުރާ އިރު، ހުރިހާ އެންމެން ވެސް އެންމެ ގަޔާވާ އެއް ކަމަކީ މި އެޕްތަކުގައު ހުންނަ ފިލްޓާތައް ބޭނުން ކޮށްގެން ސެލްފީ ނެގުމެއެވެ.
އެއް ބަޔަކު މޫނުގެ ސިފަ އަށް ތަފާތު މަޖާ ގޮތްތައް ހަދާ ފިލްޓާތައް ބޭނުންކޮށްގެން ފޮޓޯ ނަގައި ޝެއާ ކުރަމުން ދާއިރު، އަނެއް ބަޔަކަށް ކަމުދަނީ މޫނުގެ ހަންގަނޑު އޮމާންކޮށްލާ މޫނު ރީތި ކޮށްދޭ ފިލްޓާ ތަކެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރި ސޮނާކްޝީ ސިންހާ ވެސް މި ވަނީ މި ލޮކްޑައުން ގައިި އިންސްޓަގްރާމްގެ ފިލްޓާ ތައް ޗެކްކޮށް ތަފާތު ސެލްފީ ނެގުމުގައި ހަރަކާތްތެރިވާން ފަށާފަ އެވެ.
އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ގިނަ ވާހަކަތަކެއް ހިއްސާ ކުރަމުން އަންނަ ތަރި ދާދި ފަހުުން ކުރި އިންސްޓަގްރާމް ލައިވް އެއް ގައި ވަނީ ފިލްޓާ ގެ މޮޅު ކަމުގެ ވާހަކަ ލިޔެފަ އެވެ.
ވީޑިއޯ އިން ސޮނާކްޝީ ފެނިގެން ދަނީ ކަޅުކުލައިގެ ޓީޝާޓެއް ލައިގެން އިސްތަޝިގަނޑު ނިއުޅުވާލައިގެން ހުރި މަންޒަރެވެ.
ސޮނާކްޝީ ވަނީ ދާދި ފަހުން ކުރި ޓްވީޓެއްގައި އޭނާ ރޯހިތް ޝެޓީ އަދި ރާޖްކުމާރް ހިރާނީ އާއި އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.