ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެމްއެމްއޭ
އެމްއެމްއޭއިން އިސްލާމިކް ފައިނޭންސިންގެ ސްކޮލަޝިޕްތަކެއް ހުޅުވާލައިފި
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިސްލާމީ މާލީ ދާއިރާއިން ކިޔަވަން 35 ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް އެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ހާއްސަކޮށްގެން އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް ވަނީ މިދިޔަ 25 ފެބްރުއަރީގައި އިފްތިތާހުކޮށްފަ އެވެ.

އޭގެ ދަށުން "އެމްއެމްއޭ ތަމްވީލް ސްކޮލާޝިޕް 2025"ގެ ދަށުން ހުޅުވާލީ، އެމްއެމްއޭން ބުނި ގޮތުގައި، އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސީއީއައިއެފް) އާއި ޔުނިވަސިޓީ އިސްލާމް ސެލެންގޯ (ޔޫއައިއެސް) ގުޅިގެން ހުޅުވާލި ސްކޮލަޝިޕްތަކެކެވެ.

އެގޮތުން ކުރިމަތިލާން ހުޅުވާލީ:

  • އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިއުކޭޝަން ފޯ އިސްލާމިކް ފައިނޭންސް ޔުނިވަސިޓީގެ އެގްޒެކެޓިވް މާސްޓަސް އިން އިސްލާމިކް ފައިނޭންސް (އީއެމްއައިއެފް) ކޯހުގެ ފުލީ ފަންޑެޑް ފަސް ފުރުސަތާއި 50 ޕަސެންޓު ޕާޝަލީ ފަންޑެޑް ފަސް ފުރުސަތަށް
  • އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިއުކޭޝަން ފޯ އިސްލާމިކް ފައިނޭންސް ޔުނިވަސިޓީގެ އެގްޒެކެޓިވް މާސްޓަސް އިން އިސްލާމިކް ފައިނޭންސް އިން މައިކްރޯ ސެޓިފިކޭޝަންގެ ފަސް ފުރުސަތު.

  • ސެޓްފިކެޓް އިން ޝަރީއާ އިކޮނޮމިކްސް ފޯ ބޭންކިން އެންޑް ފައިނޭންސް ބައި ޔުނިވާސިޓީ އިސްލާމް ސެލެންގޯގެ 20 ފުރުސަތު

މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެފް) އާއި ޔުނިވަސިޓީ އިސްލާމް ސެލެންގޯ (ޔޫއައިއެސް) ގުޅިގެންނެވެ.

މި ޕްރޮގްރާމްގެ އަމާޒަކީ މަތީ ފެންވަރުގެ ތައުލީމާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި ސްޕެޝަލައިޒްޑް ޓްރެއިނިން މެދުވެރިކޮށް ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާ ކުރިއެރުވުން ކަމަށް އެ ބެންކުން ވަނީ ބުނެފައެވެ.

އުންމީދަކީ މި އިނީޝިއޭޓިވްގެ ދަށުން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ހުނަރުވެރިންތަކެއް އުފައްދައި ދާއިރާއަށް އަންނަމުންދާ މާލީ ކުރިއެރުންތަކާއި އެއްގޮތްވާ ގޮތުގެ މަތިން މި ދާއިރާއަށް އަހުލުވެރިވެވޭނެ ގާބިލް މީހުން ބިނާކުރުން ކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.

ސްކޮލަޝިޕްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 17 އާ ހަމައަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް