ads
ކ.ހުރާ
ހުރާ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި
ދެހާސް އަށާރަ ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކުރި ކ. ހުރާ ބިން ހިއްކުމުގެ މަޝްރޫއު އެކުންފުނިން ނިންމާލައިފި އެވެ.

އެމްޓީސީސީ އިން ބުނީ މިއަހަރުގެ މާޗް 25 ވަނަ ދުވަހު ހުރާގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމިފައި ވާކަމަށާއި މަސައްކަތް ނިންމާ އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ ޖޫން ހަތް ވަނަ ދުވަހު ކަމަށެވެ.

ހުރާގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް އެމްޓީސީސީ އިން ވަނީ ހުރާގެ ފަޅުން 23 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ.

މި މަޝްރޫއު ގެ ދަށުން އެ ކުންފުނިން ވަނީ އެ ރަށުގައި 1626 މީޓަރުގެ ރިވެޓްމަންޓް ޖަހާ، ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ވެސް ކޮށްފަ އެވެ. އަދި ރަށްގިރުން ހުއްޓުވުމަށް 150 މީޓަރުގެ ގްރޮއީންސް ލާފައި ވާއިރު، 152 މީޓަރުގެ ބޭރު ތޮށްޓެއް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ލާފަ އެވެ. 

ދެ ފިޔަވައްސަކަށް ބަހާލައިގެން އެމްޓީސީސީ އިން ކުރިއަށް ގެންދިޔަ މި މަޝްރޫއު އަށް 105.05 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާކަމަށް އެމްޓީސީސީ އިން މައުލޫމާތުދެ އެވެ. އެގޮތުން ފުރަތަމަ ފިޔަވައްސަށް ހަރަދުކޮށްފައި ވަނީ 33.73 މިލިއަން ރުފިޔާ ކަމަށާއި ދެވަނަ ފިޔަވައްސަށް ހަރަދު ކޮށްފައި ވަނީ 71.32 މިލިއަން ރުފިޔާ ކަމަށް އެކުންފުނިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް