ads
އަބްދުﷲ ލުތުފީ-- ފޮޓޯ: ވީނިއުސް
ވަކީލަކު ހޯދުމަށް ލުތުފީއަށް 10 ދުވަސް ދީފި
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ އިސް މީހެއްގެ ގޮތުގައި ހުރި އަބްދުﷲ ލުތުފީ ފިލި މައްސަލައިގައި ލުތުފީއަށް ދިފާއީ ވަކީލަކު ހޯދުމަށް 10 ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.

އޮންލައިންކޮށް މިއަދު ކުރިއަށްގެންދިޔަ މި ޝަރިއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވަނީ އޮންލައިންކޮށް ޝަރިއަތް ގެންދިއުމުގައި އެއްވެސް އިއުތިރާޒެއް އޮތްތޯ ސުވާލު ކޮށްފައެވެ. އަދި އެކަމުގައި އިއުތިރާޒެއް ނެތްކަމަށް ލުތުފީ ބުނެފައިވެއެވެ. 

ވަކީލަކު އައްޔަނު ކުރުމަށް ބޭނުންތޯ ސުވާލު ކުރުމުން ލުތުފީ ބުނެފައިވަނީ ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށެވެ. އެގޮތުން ގާޒީ ވަނީ ވަކީލަކު ހަމަޖެއްސުމަށް ލުތުފީއަށް 10 ދުވަސް ދީފައެވެ. އަދި 10 ދުވަހުގެ ފަހުން މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވި އެވެ. 

ގާނޫނުލް އުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ ލުތުފީގެ މައްޗަށް އުފުލާފައިވާއިރު ދައުވާގައި ބުނެފައިވަނީ ބަލިވެގެން ބޭސްކުރުމަށް ދިޔުމަށް ދޫކޮށްފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓްގެ ދަށުން 16 ޖެނުއަރީ 2010 ގައި އިންޑިއާ ދިޔުމަށްފަހު އެކެއް މޭ 2019 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އިދާރާއަކަށް އެންގުމަކާއި ނުލާ ފިލައިގެން އުޅެފައިވާކަމަށެވެ. 

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލުމާއި ގުޅިގެންނާއި ގާނޫނާ ހިލާފަށް ދިވެހި ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން ލުތުފީ އަކީ މެރުމަށް ހުކުމް ކުރި މީހެކެވެ. ނަމަވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމު ވަނީ ލުތުފީގެ މައްޗަށް އިއްވި މަރުގެ ހުކުމަށް ލުއިދެއްވާ، އުމުރު ދުވަހުގެ ނުވަތަ 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް