ads
ފޮޓޯ: ޕީޕީއެމް
ރައީސް ޔާމީން މިނިވަންކުރަން 15000ވުރެ ގިނަ މީހުން ސޮއިކޮށްފި: އާދަމް ޝަރީފް
ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ، ޕެޓިޝަނުގައި މިހާތަނަށް ގާތްގަނޑަކަށް 15000 މީހުންނަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް، ޕޮރްގްރެސް ނެޝެނަލް ކޮންގްރެސް ( ޕީއެންސީ ) ގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
Advertisement
ކުރީގެ ރައީސް އަބްދުﷲ ޔާމީން، މިނިވަން ކުރުމަށް ގޮވާލާ، ޕެޓިޝަނުގައި މިހާތަނަށް ގާތްގަނޑަކަށް 15000 މީހުންނަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް، ޕޮރްގްރެސް ނެޝެނަލް ކޮންގްރެސް ( ޕީއެންސީ ) ގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދަޢުވާ ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާއިރު މިކަމާއި ގުޅިގެން، އިދިކޮޅު ކޯލިޝަނުން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ޕެޓިޝަނާ ގުޅޭ މައުލޫމާތު ސީއެންއެމަށް ހިއްސާ ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅު ތަކުން ގާތްގަނޑަކަށް މިހާތަނަށް ފަނަރަ ހާހަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ޙުކުމާއި ދެކޮޅަށް ތައްޔާރު ކުރަމުންދާ ޕެޓިޝަން ކަމާބެހޭ ހުރިހާ އިދާރާތަކަށްވެސް ހުށަހަޅުއްވާނެ ކަން ފާޙަގަ ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ޕެޓިޝަންގައި ސޮއި ކުރުމުގެ ކަންކަން ރާއްޖޭގެ ގިނަ ހިސާބެއްގައިވެސް ވަރަށް ފޯރީގައި ކުރިއަށްދާ ކަަމަށެވެ.

އަދި މީގެ އިތުރުން ދެ ޕާޓީ ގުޅިގެން ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ހިންގަމުންދާ ހަރަކާތްތައް މެދުކެނޑުމެއްނެތި ކޮންމެ ރެއަކު ޕާޓީގެ މެމްބަރުން ކުރަމުންދާ ކަމަށެވެ.

އެގޮތުން އިހްތިޖާޖު ކުރުމާއި ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމާ ގުޅޭ ލިޔެކިޔުންތައް، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބޭރުގެ އެކި ޖަމިއްޔާތަަކަށް ހުށަހެޅުމުގެ ކަންތައްތައްވެސް ކުރިއަށްދާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެއާއި އެއްވަރަށް އަންނަ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައިވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެ އާދަމް ޝަރީފް ވިދާޅުވީ އެ މަސައްކަތުގައި އެމްޑީޕީއަށް ވުރެ ކޯލިޝަނުން ކުރަމުންދާ ޕްލޭންތައް އަދި އޮތީ ކުރީގައި ކަމަށެވެ.

އަދި މަސައްކަތް ކުރަމުންދަނީ ލޯކަލް ކައުންސިލް އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރުމަށް ކަމަށްވެސް އާދަމް ޝަރީފްގެ ވާހަކައިގައި ފާހާގަ ކުރެއްވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް