ads
ގައުމީ ޓީމުގެ ޕްރެކްޓިހުގައި އަޝްފާގު އަދި ދާދު
ގައުމީ ޓީމުގެ އެލަވަންސް ލިބޭނީ ބައެއް ކުޅުންތެރިންނަށް
ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް، 32 ކުޅުންތެރިންނާއި އެކު އަންނަ މަހު ފެށިއަސް، ގައުމީ ޓީމަށް ސަރުކާރުން ދޭ އެލަވަންސް ލިބޭނީ 23 ކުޅުންތެރިންނަށް ކަމަށް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ.

އެފްއޭއެމުން އަންނަނީ އަންނަ މަހުގެ 4 ވަނަ ދުވަހު 32 ކުޅުންތެރިންނާއި އެކު ގައުމީ ޓީމުގެ ޕްރެކްޓިސް ފަށަން ތައްޔާރުވަމުންނެވެ.

ހޯމަ ދުވަހު އެފްއޭއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެފްއޭއެމުން އިއުލާންކުރީ 32 ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެކެވެ. އެ 32 ކުޅުންތެރިންނާއި އެކު އަންނަ މަހުގެ 4 ވަނަ ދުވަހު ޕްރެކްޓިސް ފެށުމަށް އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. 32 ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެއް އިއުލާން ކުރި ނަމަވެސް ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒެއިން ވިދާޅުވީ ސަރުކާރުން ދޭ އެލަވަންސް ލިބެނީ 23 ކުޅުންތެރިންނަށް ކަމަށެވެ.

"މި ކަހަލަ އުނދަގޫ ހާލަތެއްގައި ވީހާވެސް ގިނަ ކުޅުންތެރިންނަށް ފައިދާ ކުރާނެ ގޮތަކަށް މި ބަލަނީ. ދެން ކޮންމެވެސް ވަރަކަށް ކުޅުންތެރިން ރޮޓޭޓްކުރުމުގެ ވިސްނުމެއް ކޯޗުގެ ވެސް އެބަހުރި. މި ހާލަތުގައި ވަރަށް މާލީ ތަނަވަސްކަން ވެސް ދަތި ކުޅުންތެރިން އެބައުޅޭ. ރޮޓޭޓްކުރަމުންދަންޏާ މީގެ މަންފާ ވީހާ ވެސް ގިނަ ކުޅުންތެރިން ލިބޭނެ ގޮތަށް ބަލާފައި އެ ގޮތަށް ކުރިއަށް މިދަނީ،"

މިދިޔަ ހަފުތާ ތެރޭ އާއްމުވި، ގައުމީ ޓީމުގެ 25 ކުޅުންތެރިންގެ ސްކޮޑުން ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) އާއި މާޒިޔާގެ ނާއިޒު ހަސަން (ދާދު) އަދި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ނެތުމުން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެނގިފައިވާ ގޮތުގައި ގައުމީ ޓީމުގެ ވައިބާ ގްރޫޕުން ވެސް އެ ކުޅުންތެރިންވަނީ ބޭރުކޮށްފަ އެވެ. އެހެންމަވެސް އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ ވަނީ ގައުމީ ޓީމުގެ ހާއްސަ ރަސްމީ ވައިބާ ގްރޫޕެއް ނޯންނަ ކަމަށް ވިދާޅުވެފަ އެވެ.  

އަންނަ މަހު ހަތަރެއްގައި ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް ފަށަން ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ ކޮވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ގައުމީ ޓީމު ދެން އެންމެ އަވަހަށް ކުޅޭ މެޗަކީ ކޮލިފައިންގައި އޮކްޓޫބަރު މަހު އަށް ވަނަ ދުވަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް