ads
ޑރ. ޓެޑްރޯސް--
ބަލި އަލުން ފެތުރިދާނެ، ސަމާލުވެ ތިބޭ: ޑަބްލިއުއެޗްއޯ
ކޮވިޑް-19 އަނެއްކާ ވެސް އަލުން ފެތުރިދާނެ ކަމަށާއި، އެކަމަށް ސަމާލުވެ ތިބުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރެޔޭސަސް ވިދާޅުވީ، ވައިރަސް އަނެއްކާވެސް އަލުން ފެތުރިގެން ހިނގައިދާނެ ކަމަށާއި އަދިވެސް ސަމާލުވެ ތިބެން ޖެހޭ ކަމަށެވެ. އަދި ވައިރަހާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަށް އަދި ނުނިމޭ ކަމަށް ޑރ. ޓެޑްރޮސް ވަނީ ފާހަގަ ކޮށްފައެވެ. 

ނޫސްވެރިންނާއި މުހާތަބުކޮށް ވާހަކަ ދައްކަވަމުން ޑރ. ޓެޑްރޮސް ވިދާޅުވީ ފާއިތުވި ދެ ހަފްތާގެ ތެރޭގައި ކޮންމެ ދުވަހަކުވެސް އެއް ލައްކައަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ކަމަށެވެ. ދުވާލެއްގެ މައްޗައް އެއް ލައްކަ އަކަށް ވުރެ ގިނަ ކޭސް ރިޕޯޓު ކުރުމަށް ދެ މަހަށް ވުރެ ގިނަ ދުވަސް ނެގި ކަމަށާއި، ނަމަވެސް މިހާރު އެ އަދަދަކަށް ކޮންމެ ދުވަހަކުހެން ވެސް ޕޮޒިޓިވް ކޭސްތައް ރިޕޯޓު ކުރެވޭ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އޭގެ އިތުރުން، ދުވާލެއްގެ މައްޗައް ރިޕޯޓު ކުރެވޭ ކޮވިޑް-19 ކޭސްތަކުގެ ތެރެއިން ތިންބައިކުޅަ އެއްބައި ރިޕޯޓު ކުރަމުން ދަނީ ދިހަ ގައުމަކުން ކަމަށާއި މިހާރު އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވް ވަމުން ދަނީ އެމެރިކާ އަދި އޭޝިއާގެ ގައުމުތަކުން ކަމަށް ވެސް ޑރ. ޓެޑްރޮސް ވަނީ ފާހަގަ ކުރަށްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް